ޚަބަރު

ޑރ. ޢަބްދުލް މަޖީދު ޢަބްދުލް ބާރީގެ ނިންމެވުމަށް އެމްޑީޕީގެ ޗެއަރޕާސަން މަރުހަބާ ވިދާޅުވެއްޖެ
އިބްރާހީމް ރާމިޒް ޑރ. ޢަބްދުލް މަޖީދު ޢަބްދުލް ބާރީ އަލުން އިސްލާމިކް މިނިސްޓްރީ އާ ހަވާލުވެވަޑައިގެންނެވުމުން އެމްޑީޕީގެ ޗެއަރޕާސަން (ރީކޯ) މޫސާ މަނިކު އެޕާޓީގެ މެންބަރުންގެ ނަމުގައި މިރޭ ޑރ. މަޖީދަށް މަރުހަބާ ވިދާޅުވެއްޖެއެވެ. […]
ލޯކަލް ކައުންސިލް ބައި އިލެކްޝަން: އެމްޑީޕީ ފުވައްމުލައް މެދު ދާއިރާގެ ޕްރައިމަރީގެ ވަގުތީ ނަތީޖާ
ތިރީގައި މިވަނީ މިއަދު ޏ.އަތޮޅު ފުވައްމުލަކާއި، މާލެ ސިޓީގައި ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ ފުވައްމުލަކު މެދު ދާއިރާގެ ބައި އިލެކްޝަންގެ އެމްޑީޕީ ޕްރައިމަރީގެ ވަގުތީ ނަތީޖާއެވެ. މާލެ ސިޓީގެ އެމްޑީޕީ ހަރުގޭގައި ބެހެއްޓި […]
މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ކަމަށް ޑޮކްޓަރ ޢަބްދުލްމަޖީދު ޢަބްދުލްބާރީ އަލުން ޢައްޔަން ކުރައްވައި އެމަނިކުފާނަށް މަގާމުގެ ފަތްކޮޅު މިއަދު ދެއްވައިފި
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ކަމުގެ މަގާމަށް ޑޮކްޓަރ ޢަބްދުލްމަޖީދު ޢަބްދުލްބާރީ އަލުން ޢައްޔަން ކުރައްވައި އެމަނިކުފާނަށް މަގާމުގެ ފަތްކޮޅު މިއަދު ދެއްވައިފިއެވެ. ޑޮކްޓަރ ޢަބްދުލްމަޖީދު ޢަބްދުލްބާރީއަށް މިނިސްޓަރ އޮފް […]
ފުވައްމުލަކު އަތޮޅު ކައުންސިލްގެ ބައި އިލެކްޝަންގެ އެމްޑީޕީ ޕްރައިމަރީ މިއަދު އޮންނާނެ
އިބްރާހީމް ރާމިޒް އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި އެޕާޓީގެ މިހާރުގެ ޗެއަރޕާސަން ވޯޓުލައްވަނީ.. އެމްޑީޕީ ފައިލް ފޮޓޯ ފުވައްމުލަކު އަތޮޅު ކައުންސިލްގެ ބައި އިލެކްޝަންގެ އެމްޑީޕީ ޕްރައިމަރީ މާލެ ސިޓީ އާއި ފުވައްމުލަކުގައި މިއަދު އޮންނާނެ […]
ރައީސުލްޖުމްހޫރިއްޔާ ފާދިއްޕޮޅުގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ފާދިއްޕޮޅުގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، އިއްޔެ އިރު އޮއްސުނުއިރު މާލެ ވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ހުކުރު ދުވަހުގެރޭ އިރާކޮޅު ފާދިއްޕޮޅު ހިންނަވަރަށް ވަޑައިގެން، އެރަށު ކައުންސިލާ ބައްދަލުކުރެއްވިއެވެ. […]
އެމްޑީޕީގައި ދުވަސްވީ މެންބަރުންނާ އާ މެންބަރުންނާ ތަފާތުކުރުމެއް ނޯންނާނެ – އިބޫ
ޅ.ހިންނަވަރުން އިބްރާހީމް ރާމިޒް އެމްޑީޕީގައި ދުވަސްވީ މެންބަރުންނާއި، އާ މެންބަރުންނާ ތަފާތުކުރުމެއް ނޯންނާނޭ ކަމަށާއި، އެޕާޓީގެ ތެރެއިން އެންމެ މަތީފަޑިއަށް ވާސިލްވުމުގެ ފުރުސަތު އެންމެ އާދައިގެ މީހާއަށް ވެސް ހުޅުވިފައިވާ ކަމަށް، އެމްޑީޕީގެ ޕާލަމެންޓްރީ […]
ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން ހުރީ ތެރެވަރީގެ ގައުމުތަކުގެ ތެރެއިން އެންމެ މަތީގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ރާއްޖޭގެ ސިޔާސީ ކުޅިބައި އެތުރިފައިވާ ގޮތް އެންމެ ރަގަޅަށް އެނގިވަޑައިގަންނަވާ ބޭފުޅަކީ ރައީސް ނަޝީދު – ނާޒިމް އިބްރާހީމް ޅ.ހިންނަވަރުން އިބްރާހީމް ރާމިޒް ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން މިހާރު ހުރީ ތެރެވަރީގެ ގައުމުތަކުގެ ތެރެއިން އެންމެ […]
ރައީސުލްޖުމްހޫރިއްޔާ ނޯދަން ޔޫޓިލިޓީޒް ލިމިޓެޑްގެ މައި އޮފީސް، ފެލިވަރުގައި ހުޅުއްވައިދެއްވައިފި
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ނޯދަން ޔޫޓިލިޓީޒް ލިމިޓެޑުގެ މައި އޮފީސް ފާދިއްޕޮޅު ފެލިވަރުގައި ހުޅުއްވައިދެއްވައިފިއެވެ. ބުރާސްފަތި ދުވަހު ހުޅުވި މި އޮފީހަކީ، ޔޫޓިލިޓީޒް ކުންފުނިތަކުގެ މައި އޮފީސްތައް މާލޭގައި ޤާއިމު ކުރެއްވުމުގެ ބަދަލުގައި، އެކުންފުންޏެއްގެ […]
ހިތާދޫ ކައުންސިލް ދެ މެންބަރަކު އެމްޑީޕީއަށް ސޮއިކޮށް އެކައުންސިލްގެ މެޖޯރިޓީ އެމްޑީޕީން ހޯދައިފި
ހިންނަވަރުގެ 300 އަށްވުރެ ގިނަ މީހުން އެއްފަހަރާ އެމްޑީޕީއަށް ސޮއިކޮށްފި ޅ.ހިންނަވަރުން އިބްރާހީމް ރާމިޒް ބ.ހިތާދޫ ކައުންސިލް ދެ މެންބަރަކު އެމްޑީޕީއަށް ސޮއިކޮށް އެކައުންސިލްގެ މެޖޯރިޓީ އެމްޑީޕީން ހޯދައިފިއެވެ. ހިންނަވަރު މެކުހަށް މި ނަމުގައި […]
އެމްޑީޕީ އުތުރު ޕްރޮވިންސް ސެކްރެޓޭރިއަޓްގެ ހިންގާ ގަވައިދު ފާސްކޮށްފި
އުތުރު ޕްރޮވިންސް މިނީ ކޮންގްރެސް ކާމިޔާބުކަމާއެކު ނިންމާލައިފި ޅ.ފެލިވަރުން އިބްރާހީމް ރާމިޒް އެމްޑީޕީ އުތުރު ޕްރޮވިންސްގެ ހިންގާ ގަވައިދު މިއަދު ބޭއްވި އެ ޕްރޮވިންސްގެ “މިނީ ކޮންގްރެސް” ގައި ފާސްކޮށްފިއެވެ. މިއަދު ފާސްކުރި މި […]
1 203 204 205 206 207 208 209 403