މަސްވެރިކަން

މަސްވެރިކަމަކީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ އެންމެ އަސާސީ މަސައްކަތަށްވާއިރު، ގުދުރަތީ މުއްސަނދިކަމަކީ ހާއްސަކޮށް މަސްވެރިކަމަކީ ފުޅާކުރެވޭނެ މިންވަރެއް އޮންނާނެ ސިނާއަތެއްކަން ދަނެގެން، ދެމެހެއްޓެނިވި ގޮތަކަށް މަސްވެރިކަން މެނޭޖްކުރުމަކީ މުހިއްމުކަމެއް

އެމްޑީޕީގެ ސިޔާސަތަކީ ހަރުދަނާކޮށް ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ފުޅާކުރުމާ މަހުގެ އުފެއްދުންތައް އިތުރުކުރުމެވެ. މިކަން ކުރުމަށް އިތުރު މަސްވެރިކަން ދެނެގަނެ، ތައާރަފްކުރުމާ ޚާއްސަކޮށް މެރިކަލްޗަރ ތަރައްޤީކުރުމަކީ ލާޒިމް ކަންކަމުގައި އެމްޑީޕީން ދެކެއެވެ.

މަހުގެ އުފެއްދުންތައް އިތުރުކޮށް، މަހުގެ އަގު މަތިކުރެވޭނެ ގޮތްތައް ހޯދާ ، ރާއްޖޭގައި ބާނާ މަސް ރޯމެޓީރިއަލްގެ ގޮތުގައި ބޭރުކުރު ކުރުމުގެ ބަދަލުގައި ރާއްޖޭގައި މަހުގެ ތަފާތު އެކި އުފެއްދުންތައް އުފައްދާ އެކްސްޕޯޓްކުރަން ބާރުއެޅުމަކީ މުހިއްމުކަމެކެވެ. މެރިކަލްޗަރ ކުރިއެރުވުމުގެ ގޮތުން އަމިއްލަ ވިޔަފާރިތަކުގެ ބައިވެރިވުން އިތުރުކޮށް، މިކަމަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަކީ އެމްޑީޕީން އަހައްމިއްޔަތު ދޭނެ ކަމެކެވެ. މަސްވެރިކަން މެނޭޖްކުރުމަށް ނިންމާ ނިންމުންތަކުގައި މަސްވެރިންގެ ޝާމިލުވުން އިތުރުކުރުމަށް މަސްވެރިންގެ ޖަމިއްޔާތައް އުފައްދާ ހިންގުމަށް ހިތްވަރުދިނުމަކީ އެމްޑީޕީގެ ވިސްނުމެކެވެ.