އިންތިހާބީ އޮފިޝަލުން

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީއަކީ ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު އެންމެ ޙަރަކާތްތެރި ސިޔާސީ ޕާޓީއެވެ. ޕާޓީގެ އެންމެ މުހިއްމު ދައުރެއް އަދާކުރަނީ ޕާޓީގެ އާންމު
މެމްބަރުންނެވެ. ޕާޓީގެ އެންމެހައި ކަންކަން ޑިމޮކްރަސީގެ އުސޫލުން ހިންގުމަކީ މި ޕާޓީގެ އަސާސް ކަމުގައިވާތީވެ، ޕާޓީގެ އޮނިގަނޑުގައި ހިމެނޭ މުހިއްމު ގުނަވަންތަކަކީ އާންމު މެމްބަރުން އިންތިޚާުބު ކުރާ ބައެކެވެ. ޕާޓީގެ ކޮންގްރެސް، ޤައުމީ މަޖިލިސް، ޕްރޮވިންސްތަކާއި ދާއިރާތަކުގެ ރައީސުންނަކީ އާންމު މެމްބަރުން އިންތިޚާބުކުރާ ބައެކެވެ.

މީގެ އިތުރުން ޕާޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނާއި ޕާޓީ ތަމްސީލުކުރާ ލޯކަލް ކައުންސިލްތަކުގެ މެމްބަރުންނަކީ މި ޕާޓީގެ އެތެރޭގެ ޑިމޮކްރަސީ އިތުރަށް ވަރުގަދަކޮށްދޭ ކަމެކެވެ.

ޕާޓީގެ އެކިއެކި މަޤާމުތަކަށް އިންތިޚާބުވެފައިވާ އަދި ޤައުމީ އެކިއެކި އިންތިޚާބުތަކުގައި އެމްޑީޕީ ތަމްސީލްކުރާ ފަރާތްތައް ދާއިރާތަކުން، މަޤާމުން. އަތޮޅުތަކުން ހޯދުމަށް: