ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ މެމްބަރަކަށް ވުމަށްޓަކައި ތިރީގައިވާ މެމްބަރަކަށް ވުމަށް އެދޭ ފޯމު ފުރުއްވުމަށްފަހު އެމްޑީޕީގެ މެމްބަރަކަށް ވުމަށްއެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ސާފު ކޮޕީއަކާއިއެކު އެމްޑީޕީގެ ގައުމީ ސެކްރިޓޭރިއަޓަށް ހުށަހަޅުއްވާށެވެ.
ފޯމާއިއެކު އައިޑީ ކާޑުގެ ކޮޕީ ފިޔަވައި އެހެން ރަސްމީ ލިޔުމެއްގެ ކޮޕީ ހުށަހެޅިކަމުގައިވިޔަސް ބަލައެއް ނުގަނެވޭނެއެވެ.
ތިރީގައިމިވާ ފޯމަކީ PDF ފޯމެޓުގެ ފައިލެކެވެ.
—
ޚާއްޞަ ދެންނެވުން: އެމްޑީޕީ މެމްބަރުން އެމެމްބަރުންނަށް ނޭންގި އެހެން ޕާޓީތަކަށް ބަދަލުކުރުމާއި ބެހޭ
ދިވެހިރައްޔިތުންނގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މެމްބަރުންނަށް ނޭގި އެފަރާތްތައް އެހެން ސިޔާސީ ޕާޓީތަކަށް ބަދަލުކުރަމުންދާކަމުގެ ޝަކުވާ ޕާޓީގެ ސެކްރެޓޭރިއެޓަށް ކެނޑިނޭޅިދަނީ ލިބެމުންނެވެ.
ވީމާ މި ޕާޓީގެ މެމްބަރުންނާއި، މި ޕާޓީއަށް ތާޢީދުކުރައްވާ ބޭފުޅުން، ކޮންމެ ބޭފުޅަކު ވެސް ރަޖިސްޓްރީވެފައިވާ ސިޔާސީ ޕާޓީ ޗެކް ކުރައްވާ، ރަޖިސްޓްރީވެފައިވާ ޕާޓީ ބަދަލުވެފައިވާ ނަމަ، ތިރީގައި މިވާ ސިޓީއާ އެކު ޕާޓީގެ ވެބް ސައިޓްގައިވާ މެމްބަރޝިޕް ފޯރމް ފުރިހަމަ ކުރެއްވުމަށް ފަހު އެމްޑީޕީ އޮފީހަށް އަދި ދާއިރާތަކުން ނަމަ ދާއިރާ އޮފީހަށް ފޮނުއްވުމަށް އެދެމެވެ
ނޭންގި އެހެން ޕާޓީއަކަށް ބަދަލުކޮށްފައިވާނަމަ އެޕާޓީން ކެނޑެން ފޮނުވާ ސިޓީ