ހިތާދޫ ކައުންސިލް ދެ މެންބަރަކު އެމްޑީޕީއަށް ސޮއިކޮށް އެކައުންސިލްގެ މެޖޯރިޓީ އެމްޑީޕީން ހޯދައިފި

ހިންނަވަރުގެ 300 އަށްވުރެ ގިނަ މީހުން އެއްފަހަރާ އެމްޑީޕީއަށް ސޮއިކޮށްފި

ޅ.ހިންނަވަރުން އިބްރާހީމް ރާމިޒް

ބ.ހިތާދޫ ކައުންސިލް ދެ މެންބަރަކު އެމްޑީޕީއަށް ސޮއިކޮށް އެކައުންސިލްގެ މެޖޯރިޓީ އެމްޑީޕީން ހޯދައިފިއެވެ.
ހިންނަވަރު މެކުހަށް މި ނަމުގައި ރޭ އެމްޑީޕީން މިރަށުގައި ބޭއްވި އެމްޑީޕީގެ ޖަލްސާގައި އެ ޕާޓީއަށް ސޮއިކޮށްފައިވަނީ ހިތާދޫ ކައުންސިލަށް އަމިއްލަ ގޮތުން ކުރިމަތިލައްވައި ހޮވިވަޑައިގެންފައި ތިއްބެވި އެ ކައުންސިލްގެ ނައިބު ރައީސް މުޙައްމަދު ފާސިޙް ހިތާދޫ ކައުންސިލްގެ މެންބަރު މުޙައްމަދު ރަޝީދެވެ.
ހިތާދޫ ކައުންސިލްގައި ކުރިން ތިއްބަވަނީ އަމިއްލަ 4 މެންބަރުންނާއި، އެމްޑީޕގެ މެންބަރެކެވެ.
ރޭގެ ޖަލްސާގައި މިރަށުން ވެސް އެމްޑީޕީއަށް 300 އެއްހާ މީހުން ސޮއިކޮށްފައިވެއެވެ. އަދި މިރޭ ސޮއިކުރި މީހުންނާއެކު އެމްޑީޕީގެ އެންމެ މެންބަރުން ގިނަ ދާއިރާއަށް ހިންނަވަރު ދާއިރާވީ ކަމަށް މި ދާއިރާގެ މެންބަރު އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުޙައްމަދު ޞޯލިޙް (އިބޫ) ރޭގެ ޖަލްސާގައި އިޢުލާންކުރެއްވިއެވެ.
ކުރިން ހިންނަވަރު ދާއިރާގައި ތިބެނީ އެމްޑީޕީގެ 913 މެންބަރުން ނަމަވެސް މިރޭ އެޕާޓީއަށް ސޮއިކުރި މީހުންނާއެކު ހިންނަވަރު ދާއިރާގެ މެންބަރުންގެ އެމްޑީޕީ ޢަދަދު 1200 އަށް ވުރެ ގިނަވީއެވެ.