ދިވެހި ރައްޔިތުން ރަށު ބަންދުން ވީއްލާ، އިގްތިސާދީ އަދި އިޖްތިމާއީ މަންފާ ލިބޭނެ ގޮތަށް ދަތުރުފަތުރުގެނިޒާމަކުން ރާއްޖޭގެ ހުރިހާ މީހުން ދިރިއުޅޭ ރަށްތަކެއް ގުޅާލުން
އެމްޑީޕީގެ ވިސްނުމަކީ ރާއްޖެއަކީ ޖަޒީރާ ޤައުމެް ކަމުގައިވީއިރު، ރާއްޖޭގެ އާއްމު މުއްސަނދިކަމުގެ ރާހަތްކުރާނެ ގޮތެއްގެ މަތިން އެއްރަށުން އަނެއް ރަށަށް ފަސޭހައިން ގޮސްއައިސްވާނެ ނިޒާމެއް އޮންނާނަޖެހެއެވެ. ދިވެހިރާއްޖޭއަކީ %99 ކަަނޑު ކަމުގައިވީއިރު، ދަތުރުފަތުރުގެ ވިއުގައަކުން މުޅި ޤައުމު ގުޅާލުމުން އިޤްތިޞާދު ފުޅާވެ، ދިވެހިރާއްޖޭގެ ޖަޒީރާވަންތަކަަން ދެމެއްހެއްޓިގެންދާނެއެވެ.
އަތްފޯރާ އަގުގައި ކަނޑާއި ވައިގެ މަގުން މީހުންނާ މުދާ އުފުލި، އިގްތިސާދީ އަދި އިޖްތިމާއީ ބޭނުންތައް ފުއްދުމަށްޓަކައި، ގަވާއިދުން ގޮސްއައިސްވާނެ ދަތުރުފަތުރުކުރުމުގެ ނިޒާމަކުން މީހުން އުޅޭ ރަށްތަކާއި ސިނާއީ މަސައްކަތް ހިންގާ ރަށްތައް ގުޅާލުމަކީ އެމްޑީޕީގެ ތަޞައްވުރެވެ.
އެމްޑީޕީ ސަރުކާރުގައި ރާއްޖޭގެ ކޮންމެ ސަރަޙައްދެއް ފެރީގެ ނިޒާމުން ގުޅާލެވި ދުވަހަކުވެސް ރާއްޖެ ނުދެކޭ ފަދަ މިންވަރަށް އާންމުން އެގުހެޔޮކޮށް ދަތުރުކުރިއެވެ. ރަށު ބަންދުން ވީއްލި، ކުދި ރަށްރަށުގެ އިޤްތިޞާދު ދިރުވުމަށް ފުރުޞަތު ހުޅުވިގެންދިޔައެވެ.
ޤައުމުގެ މުއްސަނދިކަން މުޅި ރާއްޖެއަށް ފަތުރާލުމަށާއި އިޤްތިޞާދީ ދުވެލި ހަލުވި ކުރުމަށާއި، ރައްޔިތުންނަށް ތަރައްޤީގެ ފަސޭހަކަން ހާސިލްކޮށްދިނުމަށާއި، މީހުންގެ މެދުގައި ގުޅުން ބަދަހިކުރުމަށާއި، މީހުން އެއްތަނުން އަނެއްތަނަށް ދިއުމަށާއި މުދާ އުފުލުމަށް އެމްޑީޕީ ސަރުކާރުން ތަޢާރަފް ކުރި ދަތުރުފަތުރުގެ ނިޒާމް އިތުރަށް ތަރައްޤީކުރާން ޖެހެއެވެ.