ތަޢުލީމް

އެމްޑީޕީ ޤަބޫލުކުރާ ގޮތުގައި ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމު ބައްޓަން ކުރެވި ހިނގަމުންދާންވާނީ، ރާއްޖޭގެ ނާޒުކް ތިމާވެށި ޙިމާޔަތްކޮށް، އިސްލާމީ ރިވެތި އުޞޫލުތަކާއި ޑިމޮކްރެސީއާއި އިންސާނީ ޙައްޤުތައް ދިރުވައި އާލާކޮށް، ބަވަނަވެފައިވާ ދުނިޔެއެއްގައި ރާއްޖެ ދުވަހުން ދުވަހަށް ކުރިއަރުވައި ތަހުޒީބުކުރުމަށް ބޭނުންވާނޭ އިންސާނީ ވަޞީލަތް ބިނާކުރުމުގެ މައްޗަށް

އެމްޑީޕީގެ ސްކޫލް ތަޢުލީމުގެ ސިޔާސަތަކީ ބުނެވި ދިޔަ މައިގަނޑު ވިސްނުމުގެ ދަށުން، ސްކޫލް ޢުމުރުގެ ކޮންމެ ދަރިވަރަކަށް، ބެލެނިވެރިންނާއި އަމިއްލަ ފަރާތްތަކާ ގުޅިގެން، ލާމަރުކަޒީ އުޞޫލުން، އެއް ދަންފަޅިއަށް ހިނގާ ސްކޫލްތަކެއްގައި، ތަޢުލީމީ ހަމަހަމަ ފުރުޞަތުތަކެއް ހިލޭ ލިބިދިނުމެވެ. މި ތަޢުލީމުގައި ކުއްޖާގެ ވިސްނުމާއި، ޞިއްޙަތާއި، ރޫޙާނިއްޔަތާއި، އިޖުތިމާޢީ ކުރިއެރުމަށް ފަހިވާގޮތުން ސައިންސާއި ޓެކްނޮލޮޖީއާއި، އިޖުތިމާޢީ، އިޤްތިޞާދީ އަދި އުފެއްދުންތެރި ޢިލްމުތަކަށާއި ދީނީ ހޭލުންތެރިކަމަށާއި، ޞިއްޙީ ދުޅަހެޔޮކަމަށާއި މަސައްކަތްތެރިކަމުގެ ހުނަރަށާ އަދި ޑިމޮކރެސީއާއި ތިމާވެށި ދިރުވައި އަލާކުރުމުގެ ގޮތްތަކަށް އިސްކަންދެވިފައިވެއެވެ. މި ތަޢުލީމަކީ ޓީޗަރު ކިޔަވައިދިނުމަށް ވުރެން ބޮޑަށް ދަރިވަރުން އުނގެނޭ ގޮތެއްގައި ކުދިންގެ ނާރެހުގައި ލިބިދޭ ފެންވަރު ރަނގަޅު ވަށައި ޖެހިފައިވާ ތަޢުލީމެކެވެ.

އެމްޑީޕީގެ މަތީ ތަޢުލީމުގެ ސިޔާސަތުގައި، ސަރުކާރާއި އަމިއްލަ ފަރާތްތަކާ ގުޅިގެން ބޭނުން ކޮންމެ މީހަކަށް މަތީ ތަޢުލީމާއި ތަމްރީނާ އަދި ޔުނިވަރސިޓީ ތަޢުލީމު ލިބޭނޭ މަގުތައް ފަހިކޮށްދިނުމެވެ. އެންމެނަށް ވެސް ފެންވަރު ރަނގަޅު މަތީ ތަޢުލީމެއްގެ ފުރުޞަތު ފަކިކޮށްދިނުމުގެ ގޮތުން، މަތީ ތައުލީމާއި ތަމްރިނު ހޯދާ ދަރިވަރުންނަށް ގްރާންޓްސްއާއި ލޯނުގެ އެހީ ލިބޭނޭ ގޮތް ހަމަޖައްސައިދިނުމެވެ.

އެމްޑީޕީގެ ވެރިކަމުގައި މި ސިޔާސަތުތައް ނުހަނު ރީއްޗަށް ހިންގަމުން ގެންދަނިކޮށް އެމްޑީޕީގެ ސަރުކާރު ބަދަލުވުމުން ދެން އައި ސަރުކާރުތަކުން ތަޢުލީމީ ހިންގުން މަރުކަޒީކޮށް، ސްކޫލްތައް ދެ ދަންފަޅިޔަށް ބަދަލުކޮށް، ސްކޫލް ކުދިން ގިންތިތަކަކަށް ބަހައި ކުދިންގެ މެދުގައި ހަމަހަމަކަން ގެއްލުވާލައި، އަމިއްލަ ފަރާތްތަކާ ތައުލީމީ ދާއިރާއާ އޮތް ގުޅުން ހަނިކޮށް މުޅި ތަޢުލީމީ ނިޒާމު ގަޑުބަޑު ކޮށްފިއެވެ. މި ކަންކަން އެމްޑީޕީގެ ވެރިކަމެއްގައި އިޢާދަ ކުރާނެއެވެ.