ޚަބަރު

ހއ.މާރަންދޫ ކައުންސިލްގެ 5 މެންބަރުން ވެސް އެމްޑީޕީއަށް ސޮއިކޮށްފި
އިބްރާހީމް ރާމިޒް ހއ.މާރަންދޫ ރަށު ކައުންސިލްގެ 5 މެންބަރުން ވެސް އެމްޑީޕީއަށް ސޮއިކޮށްފިއެވެ. މިނިވަން މެންބަރުންގެ ގޮތުގައި އިންތިޚާބުވި މި 5 ކައުންސިލަރުން ކަމަށްވާ އެކައުންސިލްގެ ރައީސް ހަސަން ރިޒާއާއި، ނައިބު ރައީސް މުހައްމަދު […]
ރައީސުލްޖުމްހޫރިއްޔާ ހއ. އަދި ހދ.ގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ތިލަދުންމަތީ އުތުރުބުރިއާއި ތިލަދުންމަތީ ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އިއްޔެ ހަވީރު މާލެ ވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި އެންމެ ފަހުން އެމަނިކުފާނު ވަޑައިގަތީ، ތިލަދުންމަތީ އުތުރުބުރީ ނޮޅިވަރަންފަރަށެވެ. […]
މަސްތުވާތަކެއްޗާ ދެކޮޅަށް ކުރައްވާ މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވުމަށްޓަކައި ކުރިމަތިލާން ޖެހިފައިވާ ތަފާތު ބައެއް ދަތިތައް ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވައިފި
މަސްތުވާތަކެއްޗާ ދެކޮޅަށް ކުރައްވާ މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވުމަށްޓަކައި ކުރިމަތިލާން ޖެހިފައިވާ ތަފާތު ބައެއް ދަތިތައް ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވާހަކަފުޅު ދައްކަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިމޭރުމުން ވާހަކަފުޅު ދެއްކެވީ، ތިލަދުންމަތީ އުތުރުބުރިއަށާއި […]
ތިލަދުންމަތީ އުތުރުބުރީ ދިއްދޫގައި ހިންގަވާ ހުނަރު ޕްރޮގްރާމް ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙްކޮށްދެއްވައިފި
ތިލަދުންމަތީ އުތުރުބުރީ ދިއްދޫގައި ހިންގަވާ ހުނަރު ޕްރޮގްރާމް، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ރޭ އިފްތިތާޙު ކޮށްދެއްވައިފިއެވެ. މި ޕްރޮގްރާމްގެ ދަށުން ފުރަތަމަ ހިންގެވުމަށް ހަމަޖެހިފައިވަނީ، އިލެކްޓްރިޝަން ކޯހެކެވެ. މިކޯހުގެ ބައިވެރިންނާ މުޚާޠަބު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ […]
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޖަރުމަންގެ ޕްރޯމެޑް ކްލިނިކާ ހަވާލުކުރެއްވުމުގެ އެއްބަސްވުމުގައި ސޮއިކުރައްވައިފި
ސަރުކާރުން މަދަނައިގެ ޚިދުމަތް ފެށްޓެވީ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ހޯއްދަވައިދެއްވައި، ބޭސް ސިޓީއަށް ސަލާން ޖަހަން ނުޖެހި ބޭސް ފަރުވާ ހޯދޭނެ ނިޒާމެއް ޤާއިމްކުރުމަށްޓަކައި ކަމުގައި ރައިސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. […]
ރައްޔިތުންގެ ނިންމުން އަދި ވެސް ކޯޓުތަކަށް ނާންނަ ކަމަށް އިބުރާ ވިދާޅުވެއްޖެ
ކޯޓުތައް ހަމަމަގަށް އަޅުވަން ރައްޔިތުން ނިކުންނަން ޖެހިދާނޭ ކަމަށް ވެސް އިބުރާ ރޭގެ ޖަލްސާގައި ވެސް ވިދާޅުވި އިބްރާހީމް ރާމިޒް ރައްޔިތުންގެ ވެރިކަން ސަރުކާރަށް އައިސްފައިވާ ކަމަށާއި އެހެން ނަމަވެސް އެ ވެރިކަން ކޯޓުތަކަށް […]
ނަރުދޫ ތަރާދު ގޮފީގެ އަހަރީ ޙަފްލާ ދާއިރާ ފެންވަރުގައި ބާއްވައިފި
އިބްރާހީމް ރާމިޒް ށ.ނަރުދޫ އެމްޑީޕީ ތަރާދު ގޮފީގެ ފުރަތަމަ އަހަރީ ޖަލްސާ، ދާއިރާ ފެންވަރުގައި ނަރުދޫ ބަނދަރު ސަރަހައްދުގައި ރޭ ބާއްވައިފިއެވެ. މިލަންދޫ ދާއިރާގެ ތިން ރަށް ކަމަށްވާ ށ.މިލަންދޫ، ފީވައް، އަދި .ނަރުދޫގެ […]
އެމްޑީޕީގެ އާންމު ޖަލްސާ އެއް މިރޭ އެމްޑީޕީ ހަރުގޭގައި އޮންނާނެ
އިބްރާހީމް ރާމިޒް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އާންމު ޖަލްސާ އެއް މިރޭ އެ ޕާޓީގެ މައި ހަރުގޭގައި އޮންނާނެއެވެ. މިރޭ 9 ޖަހާއިރު ފަށާ މި ޖަލްސާ އަށް އެމްޑީޕީގެ މެންބަރުންނާއި، […]
ވަކި ސިޔާސީ ވިސްނުމަކަށް ނުބަލައި އެންމެން އެކީގައި ނުކުމެ މަސައްކަތްކުރަންވެއްޖެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ވަކި ސިޔާސީ ވިސްނުމަކަށް ނުބަލައި ރަށުގެ ތަރައްޤީއަށާއި، އަތޮޅުގެ ކުރިއެރުމަށާއި، އަދި ރާއްޖޭގެ މުސްތަޤްބަލަށް އެންމެން އެކީގައި ނުކުމެ މަސައްކަތްކުރަންވެއްޖެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ހުނަރު ޕްރޮގްރާމްގެ […]
ރައީސުލްޖުމްހޫރިއްޔާ ތިލަދުންމަތީ އުތުރުބުރީ މުޅަދު އާއި ތަކަންދޫގެ ރަށު ކައުންސިލާ ބައްދަލުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ތިލަދުންމަތީ އުތުރުބުރީ މުޅަދުއަށާއި ތަކަންދުއަށް އިއްޔެ ވަޑައިގެން، އެ ދެރަށުގެ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުމުގައި، މިދެރަށުގެ ތަރައްޤީއަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކާއި، ހިންގަވަމުން ގެންދަވާ މަޝްރޫޢުތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ […]
1 207 208 209 210 211 212 213 403