އިބްރާހީމް ރާމިޒް
ހއ.މާރަންދޫ ރަށު ކައުންސިލްގެ 5 މެންބަރުން ވެސް އެމްޑީޕީއަށް ސޮއިކޮށްފިއެވެ.
މިނިވަން މެންބަރުންގެ ގޮތުގައި އިންތިޚާބުވި މި 5 ކައުންސިލަރުން ކަމަށްވާ އެކައުންސިލްގެ ރައީސް ހަސަން ރިޒާއާއި، ނައިބު ރައީސް މުހައްމަދު ހަމީދުއާއި، މެންބަރ މުހައްމަދު އިބްރާހީމްއާއި، މުހައްމަދު ސައީދުގެ އިތުރުން އަބްދުއްރަހްމާނު ހަސަން ވަނީ އެމްޑީޕީއަށް ސޮއިކުރައްވާފައެވެ. މިކަން މާރަންދޫ ކައުންސިލްގެ ރައީސް ވެސް ވަނީ އެމްޑީޕީ ވެބްސައިޓަށް ކަށަވަރުކޮށްދެއްވާފައެވެ.