ޚަބަރު

ފަޤީރުންނާއި މިސްކީނުންނާއި އަދި އިބްނު ސަބީލުންނަށް ޒަކާތު ފަންޑުން ފައިސާދޭނެ އުޞޫލު، ވަޒީރުންގެ މަޖިލީހުން ކަނޑައަޅުއްވައިފި
ފަޤީރުންނާއި މިސްކީނުންނާއި އަދި އިބްނު ސަބީލުންނަށް ޒަކާތު ފަންޑުން ފައިސާދޭނެ އުޞޫލު، ވަޒީރުންގެ މަޖިލީހުން ކަނޑައަޅުއްވައިފިއެވެ. މި އުޞޫލު ކަނޑައެޅުއްވީ، މިކަމާ ބެހޭގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހުށަހެޅުއްވި ކަރުދާހެއްގެ މައްޗަށް ވަޒީރުންގެ […]
ދައުލަތުގެ ވަސީލަތްތައް އެއީ ރައްޔިތުންނަށް އޭގެ ފައިދާ އެންމެ ބޭނުންތެރި ގޮތެއްގައި ހިފެންޖެހޭނެ އެއްޗެތި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ. ރައީސުލްޖުމްހޫރިއްޔާ، މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް ހުޅުއްވައިދެއްވައިފި.
ދައުލަތުގެ ވަސީލަތްތަކަކީ، ރައްޔިތުންނަށް އޭގެ ފައިދާ އެންމެ ބޭނުންތެރި ގޮތެއްގައި ހިފެންޖެހޭނެ އެއްޗެތި ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް އަލަށް ހިންގެވުމަށް ހަމަޖެއްސެވި، […]
ރައީސުލްޖުމްހޫރިއްޔާ، ދިވެހިރާއްޖޭގެ ކުޅިވަރުގެ ޤައުމީ މަރްކަޒު އުފައްދަވައިފި
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، “ދިވެހިރާއްޖޭގެ ކުޅިވަރުގެ ޤައުމީ މަރުކަޒު”ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފިއެވެ. ދިވެހިރާއްޖޭގެ ކުޅިވަރުގެ ޤައުމީ މަރުކަޒު ހިނގަމުންދާނީ މިނިސްޓްރީ […]
ނޫސް ބަޔާން: ދައުލަތުގެ ބަންޑާރަ ނައިބާ ގުޅޭގޮތުން ގދ.ގައްދޫ މެޖިސްޓްރޭޓް ކޯޓުން ފަތުރާފައިވާ ޙަޤިޤަތާއި ޚިލާފު ވާހަކަތައް ކުށްވެރިކުރުން
ނަންބަރު: MDP-2011-PR-0016 ތާރީޚް: 05 ޑިސެމްބަރު 2011 (އަންގާރަ) ދައުލަތުގެ ބަންޑާރަ ނައިބާ ގުޅޭގޮތުން ގދ.ގައްދޫ މެޖިސްޓްރޭޓް ކޯޓުން ފަތުރާފައިވާ ޙަޤިޤަތާއި ޚިލާފު ވާހަކަތައް ކުށްވެރިކުރުން ދައުލަތުގެ ބަންޑާރަ ނައިބު އަލްއުސްތާޛު ޢަބުދުﷲ މުޢިއްޒު […]
ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ، ރައްޔިތުންގެ މެދުގައި ދީނީ ޢަޤީދާ ވަރުގަދަ ކުރެއްވުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ، ރައްޔިތުންގެ މެދުގައި ދީނީ ޢަޤީދާ ވަރުގަދަ ކުރެއްވުމަށް ކަމަށާއި، ޤައުމިއްޔަތެއް ބިނާކުރުމުގައި، ޢަޤީދާ ވަރުގަދަވުމަކީ ކޮންމެހެން ބޭނުންތެރިކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން […]
ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު ކްރިމިނަލްކޯޓުގެ އިސް ގާޟީއާއި މިއަދުވެސް ބައްދަލު ކުރައްވައިފި
ފަހަލަ ސަޢީދު ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު ރީކޯމޫސާމަނިކު ކްރިމިނަލް ކޯޓުގެ އިސްގާޒީއާއި މިއަދުވެސްބައްދަލު ކުރައްވައިފިއެވެ. ކޯޓުން ނުކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން މޫސާމަނިކު ވިދާޅުވީ ކްރިމިނަލްކޯޓުގެ […]
ރާއްޖޭގެ ޢަދުލުއިންޞާފުގާއިމްކުރުމުގައި ވަކިބަޔަކު އިސްތިސްނާ ކުރުމަށް ސްޕްރީމްކޯޓުން ކުރީ އަހަރު ނެރެފައިވާ އަމުރު މިހާރުން މިހާރަށް ބާޠިލް ކުރުމަށް އަލްއުސްތާޛު އިމްތިޔާޒްފަހުމީ ގޮވާލައްވައިފި
ފަހަލަ ސަޢީދު ގާނޫނަކީ ފަނޑިޔާރުން ހަދާއެއްޗެއް ނޫންކަމަށާ ގާނޫނުގެ ބާރު ކެނޑޭ ގޮތަށް ބައެއް ފަނޑިޔާރުންނާ ސްޕްރީމް ކޯޓުން މިރާއްޖޭގެ ވަކި ޢާއިލާއަކަށް ނިސްބަތްވާ ބޭފުޅުން ޙިމާޔަތް ކުރަމުން ދާދިއުން ހުއްޓާލައްވާ ޢަދުލު އިންޞާފް […]
އަންނައަހަރުގެ ބަޖެޓުގައި ރައްޔިތުންނަށް ލޯނުގެ ފުރުޞައްތައް ފަހިކޮށްދިނުމަށް 1.5 ބިލިއަންރުފިޔާ ހިމެނިފައިވޭ. ކާނަލް
ފަހަލަ ސަޢީދު ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅު ކުރުމަށްޓަކާ އަންނަ އަހަރުގެ ބަޖެޓްގައި 1.5 ބިލިއަން ރުފިޔާ ހިމަނާފައި ވާނެކަމުގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރ މުޙައްމަދު ނަޝީދު (ކާނަލް) ވިދާޅުވެއްޖެއެވެ. އެމަނިކުފާނު […]
ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ސަރުކާރާމެދު ކުރައްވާ ކޮރަޕްޝަންގެ ތުހުމަތުތަކުގައި ޙަޤީޤަތެއްވޭތޯ ބެއްލެވުމަށް ބޭނުންފުޅުވެއްޖެ
ސަރުކާރުގެ ތެރޭގައި ކޮރަޕްޝަންގެ ޢަމަލުތައް ހިނގާކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިން މެންބަރުން ކަމަށްވާ ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދާއި، ތިމަރަފުށީ ދާއިރާގެ މެންބަރު މުޙަންމަދު މުޞްޠަފާއާއި، އަދި ފުވައްމުލަކު ދާއިރާގެ މެންބަރު ޝިފާޤު […]
ފޮޓޯ: މެމްބަރަކު މެމްބަރެއް، ޚާއްޞަ ޖަލްސާ
ފޮޓޯ: އަނދާ
1 184 185 186 187 188 189 190 403