ރާއްޖޭގެ ޢަދުލުއިންޞާފުގާއިމްކުރުމުގައި ވަކިބަޔަކު އިސްތިސްނާ ކުރުމަށް ސްޕްރީމްކޯޓުން ކުރީ އަހަރު ނެރެފައިވާ އަމުރު މިހާރުން މިހާރަށް ބާޠިލް ކުރުމަށް އަލްއުސްތާޛު އިމްތިޔާޒްފަހުމީ ގޮވާލައްވައިފި

ފަހަލަ ސަޢީދު

membarakumembareh021211-62

ގާނޫނަކީ ފަނޑިޔާރުން ހަދާއެއްޗެއް ނޫންކަމަށާ ގާނޫނުގެ ބާރު ކެނޑޭ ގޮތަށް ބައެއް ފަނޑިޔާރުންނާ ސްޕްރީމް ކޯޓުން މިރާއްޖޭގެ ވަކި ޢާއިލާއަކަށް ނިސްބަތްވާ ބޭފުޅުން ޙިމާޔަތް ކުރަމުން ދާދިއުން ހުއްޓާލައްވާ ޢަދުލު އިންޞާފް ގާއިމް ކުރެއްވުމުގައި އެންމެން ހަމަ ހަމަ ކުރުމަށް އެންމެހައި ކޯޓުތަކަށް އަލްއުސްތާޛު އިމްތިޔާޒު ފަހުމީ ގޮވާލައްވައިފިއެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން އިމްތިޔާޒް ވިދާޅުވީ އެއް މައްސަލައެއްގައި ކޯޓަށް ޙާޟިރުކުރާ ދެފަރާތް ތަފާތުކޮށް އެކަކު ބަންދުކުރުމަށް އަމުރުކޮށް އަނެއް ފަރާތް ބަންދު ނުކުރެވޭނެ ކަމުގެ އަމުރު ކުރެއްވުމަކީ އެއްވެސް އިންސާނަކު ގަބޫލުކުރާނޭ ގޮތެއްނޫންކަމުގައެވެ. މިހިސާބަށް ޢަދުލު އިންޞާފްގެ ދާއިރާގެ ޢަމަލުތައް ދިއުމުން ރައްޔިތުން މަޑުން ނުތިބޭނެކަމަށާ ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ ބާރުކެނޑިގެންދާ ދާގޮތަށް ސްޕްރީމް ކޯޓުން ވަކިޢާއިލާކަށް ނިސްބަތްވާ ފަރާތްތަކާ އެފަރާތްތަކާ ގުޅުންހުރި ފަރާތްތައް އިސްތިސްނާ ކުރަމުންދާދިއުމަކީ ރައްޔިތުން ނުހަނު ކަންބޮޑުވާކަމެއް ކަމުގައިވެސް އިމްތިޔާޒް ފަހުމީ ވިދާޅުވިއެވެ.

އަދި މީގެއިތުރުން ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކަކީ ޖޭ.އެސް.ސީން ބައްލަވާ ގޮތަށް އޮންނަކަމެއްކަމަށާ އެބޮޑީއިން ނިންމާފައިވާ ނިންމުމެއް އެއްވެސް ކޯޓަކުން ނެރޭ އަމުރަކުން ބާޠިލް ނުކުރެވޭނެކަމުގައި ވިދާޅުވެ ފަނޑިޔާރެއްގެ އިތުބާބާރު ގެއްލިއްޖެކަމަށް ރައްޔިތުން ގަބޫލު ކޮށްފިނަމަ އެފަނޑިޔާރަކު މަގާމުގައި ބެހެއްޓުމަކީ އިސްލާމްދީން ހުއްދަކުރާނޭކަމެއް ނޫންކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރާއްޖޭގެ އިންތިގާލީ ސުޕްރީމް ކޯޓުން ކުރީގެ ވެރިކަމުގައި އުޅުއްވި ފަރާތްތަކުގެ ތެރެއިން ވަކިބަޔަކު ތަޙުގީގަށް ބަންދު ކުރުމަކީ ގާނޫނާ ޚިލާފް ކަމެއްކަމުގެ އަމުރެއް ކޮށްފައި އޮތުމުގެ ސަބަބުން ދާދިފަހުން ކުރިމިނަލް ކޯޓުން ވަނީ އެއްމައްސަލްއެއްގައި ފުލުހުން ޚޯޓަށް ޙާޒިރު ކުރި ދެފަރާތް ތަފާތުކޮށް އެކަކު ހައްޔަރުކުރުމަށް އަމުރުކޮށް އަނެއްފަރާތް ބަންދުކުރުމަކީ ގާނޫނުނާ ޚިލާފް ކަމެއްކަމަށް ނިންމާ އެފަރާތް ދޫކޮށްލާފައެވެ.

އަދި ކުރިމިނަލް ކޯޓުގެ އިސް ގާޒީގެ މައްޗަށް ސުލޫކީ މައްސަލަތަކެއް ހުރިކަން ބަޔާންކުރައްވާ ޖުޑީޝަލް ސާވިސަސް ކޮމިޝަނުން ފިޔަވަޅުއަޅަން ނިންމާފައި ވަނިކޮށް ކުރިމިނަލް ކޯޓުން އެކޯޓުގެ އިސް ގާޒީއާމެދު ފިޔަވަޅުއަޅަން ނިންމި ނިންމުން ބާޠިލުކުރުމުގެ އަމުރެއް ނެރުމަކީ ގާނޫނާ ޚިލާފަށް އެކޯޓުން ނެރެފައިވާ އަމުރެއްކަމަށާ މިހިސާބަށް ކަންތައް ދިއުމުން ރައްޔިތުން މަޑުން ނުތިބޭނެކަން ރާއްޖޭގެ ޝަރުޢީ ކޯޓުތައް ދަންނަން ޖެހޭނެކަމުގައި އިމްތިޔާޒު ވިދާޅުވިއެވެ
އަދި އިންތިގާލީ ފަނަޑިޔާރުންގެ ތެރޭގައި ޝަރުޠު ހަމަނުވާ އެތަކެއްފަނޑިޔާރުން ހިމެނިފައިވާ ކަމަށާ ޝަރީޢަތުން ޙުކުމް އައިސްފައި ތިބި ފަނޑިޔާރުން ވެސް އޭގެތެރޭގައި ހިމެނިފައިވާއިރު ގާނޫނާ ޚިލާފަށް ފަނޑިޔާރުންގެ ގާނޫނީ ހުވާ ކޮށްގެން ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާ ވަކި ބަޔަކު ޚިޞާރުކޮށްގެން އުޅޭކަމަށް ތުހުމަތު ކުރައްވާ އިމްތިޔާޒު ވާހަކަދެއްކެވިއެވެ.