ޚަބަރު

ޖަމާއަތުގެ ފުލުހުން އުފެއްދުމަށް ރައީސް ނަޝީދު ގޮވާލައްވައިފި
ދިވެހިރާއްޖޭގައި ލާމަރުކަޒީ އުސޫލުން ހަރަކާތްތެރިވާ ޖަމާއަތުގެ ފުލުހުން އުފެއްދުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ގޮވާލައްވައިފިއެވެ. އެމަނިކުފާނު މިކަމަށް ގޮވައިލެއްވީ އާރޓިފިޝަލް ބީޗްގައި ރޭބޭއްވި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ހާއްސަ ޖަލްސާގައި […]
އާސަންދައަކީ ދިވެހިރާއްޖޭގައި ފަގީރުކަމާއި ނިކަމެތިކަން ނައްތާލުމުގެ ނިޒާމްގެ ނާރެސް ކަމުގައި ރައީސް ނަޝީދު ވިދާޅުވެއްޖެ
ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން 1 އޮގަސްޓު 2012ގައި އަރޓިފިޝަލް ބީޗްގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ދިވެހިރާއްޖޭގެ ފަގީރުކަން ނައްތާލުމަށާއި ނިކަމެތިންނަށް އެހީވެދިނުމަށްޓަކައި އެމަނިކްފާނުގެ ވެރިކަމުގައި […]
ދައުލަތުގެ ބަޖެޓަކީ ރާއްޖޭގައި ބާޣާވާތްކޮށްގެން، އެބަޣާވާތް ފޫބައްދަން އެކުލަވާލާފައިވާ ބަޖެޓެއްނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ
ދިވެހި ދައުލަތުގެ ބަޖެޓަކީ ރާއްޖޭގައި ބާޣާވާތްކޮށްގެން، އެބަޣާވާތް ފޫބައްދަން އެކުލަވާލާފައިވާ ބަޖެޓެއްނޫން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. ދިވެހިދައުލަތުގެ ބަޖެޓަކީ ރާއްޖޭގެ ރައްޔިތުންގެ ފައިދާއާއި ތަރައްގީއަށް އެކުލަވާލާފައިވާ […]
ރާއްޖެއިން މިހާރު ފެންނަމުން މިދަނީ ވައުދެއްނުވެ، އިންތިޚާބަކާ ނުލައި ބަޔަކު ވެރިކަމަށް އައުމުގެ ނަތީޖާ – އީވާ
ރާއްޖެއިން މިހާރު ފެންނަމުން މިދަނީ ވައުދެއްނުވެ، އިންތިޚާބަކާ ނުލައި ބަޔަކު ވެރިކަމަށް އައުމުގެ ނަތީޖާ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ވިޕް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ވިދާޅުވެއްޖެ އެވެ. އެމްޑީޕީ […]
އެމްޑީޕީގެ އާ ސެކެރެޓަރީ ޖެނެރަލް އަކަށް ޝާޒްލީ ޝަފީގު
އެމްޑީޕީގެ އާ ސެކްރެޓަރީ ޖެނެރަލް އަކަށް ހ.ޖެމިނީ، ޝާޒްލީ ޝަފީގް ހަމަ ޖައްސަވައިފިއެވެ. ޝާޒްލީ މި މަގާމަށް ހަމަޖެއްސެވީ އޭނާ އެ މަގާމުގައި ހުންނެވުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ރުހުން ދިނުމާ ގުޅިގެންނެވެ. ރައީސް […]
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދު ފުލުހަށް ހާޒިރުކުރަނީ
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދަށް ފުލުހަށް ހާޒިރުވުމަށް ސިޓީއެއް ފޮނުއްވައިފިއެވެ. ރައީސް ނަޝީދަށް ފޮނުވި ސިޓީގައި ފުލުސް އޮފީހުން އެދިފައި ވަނީ އަންނަ ބުރާސްފަތި ދުވަހު 10 ޖަހާއިރަށް ފުލުސް އޮފީހަށް […]
ސިޔާސީގޮތުން ހައްޔަރުކުރެވޭ ފަރާތްތައް ވަގުތުން ދޫކޮށްލުމަށް ހުށަހަޅާ އޮންލައިން ޕެޓިޝަން
މިޕެޓިޝަން ގޮވާލަނީ ސިޔާސީގޮތުން ހައްޔަރުކުރެވިފައިވާ ފަރާތްތައް ވަގުތުން ދޫކޮށްލުމަށެވެ. ޕެޓިޝަނުގައި ސޮއިކުރެއްވުމަށް މިލިންކަށް ފިތާލާށެވެ. 1. ވޭތުވެދިޔަ 3 އަހަރުދުވަހުގެ ތެރޭގައި ގާއިމުކުރެވިފައިވާ ޑިމޮކްރެސީގެ ހަމަތައް އަނބުރާ ގެނެސް ކުރީގެ ޚުދުމުހުތާރު ގޮތްތައް އެނބުރި […]
އެމްޑީޕީގެ ވެރިކަމެއްގައި މާލޭ ސަރަޙައްދަށް 12،000 ބޯހިޔާވަހި ހޯއްދަވައި ދެއްވާނެކަމުގައި ރައީސް ނަޝީދު ވިދާޅުވެއްޖެ
އެމްޑީޕީގެ ސަރުކާރު ވެރިކަމަށް އައިސް މާލޭގެ ސަރަޙައްދުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ޙައްލުކޮށްދެއްވުމަށް 12،000 ބޯހިޔާވަހި ހޯއްދަވައިދެއްވާނޭ ކަމަށް، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރާއްޖޭގެ އިންޚާބީ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ބާ […]
ސިޓީ ކައުންސިލާ ހަވާލުކުރެވިފައިވާ ބާރުތައް އަނބުރާ ނަންގަންވަން ނޫޅެއްވުމަށް ރައީސް ނަޝީދު ގޮވާލައްވައިފި
ލާމަރުކަޒީ އުސޫލަކީ، ޤާނޫނު އަސާސީގައި ނުހަނު ފޮނި އުއްމީދުތަކަކާއި އެކު ހިމެނިގެންއައި އުސޫލްތަކެއް ކަމަށާއި، ލާ މަރުކަޒީ ޤާނޫންގެ ދަށުން ކައުސިލްތަކަށާއި، ސިޓީ ކައުންސިލްތަކަށް ޙަވާލުކުރެވިފައިވާ ބާރުތައް އަނބުރާ ސަރުކާރުގެ އިދާރާތަކަށް ނަންގަވަން ނޫޅެއްވުމަށް […]
ދިވެހިރާއްޖޭގައި ހިންގަމުންގެންދާ ޖަރީމާތަކާމެދު އދ ގެ އިސް އިންސާނީ ހައްގުތަކާބެހޭ ފަރާތްތަކުން ކަންބޮޑުވުން ފައުޅުކޮށްފި
ދުނިޔޭގެ އެކިކަންކޮޅުތަކުގައި މަދަނީ އަދި ސިޔާސީ ހައްގުތައް ހިމާއަތްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާ އަދ ގެ އިންސާނީ ހައްގުތަކާބެހޭ ކޮމިޓީގެ ފަރާތުން ދިވެހިރާއްޖޭގެ މައްސަލަ ބެލުމަށްފަހު އެކޮމިޓީގެ ނިންމުންތައް އިއްޔެ އާއްމުކޮށްފިއެވެ. މިކޮމިޓީގެ ކުރިމައްޗަށް ދިވެހިރާއްޖެ […]
1 118 119 120 121 122 123 124 404