އިއުލާން: MDP/2022/031 އެމްޑީޕީ ކޮންގްރެސް 2022 ގައި ބައިވެރިވާ ގޮފި ރައީސުންނާއިގުޅޭ

29 މެއި 2022 ގައި ބޭއްވި މިޕާޓީގެ ޤައުމީ މަޖިލިހުގެ މިދައުރުގެ 4 ވަނަ ޖަލްސާގައި ފާސްކޮށްފައިވާ ގޮތުން، 19 އިން 21 އޯގަސްޓް 2022 އަށް ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީ ކޮންގްރެސް 2022 ގައި ބައިވެރިވެވޭނީ، 30 ޖޫން 2022 އާއި ހަމައަށް އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓަވަމުން ގެންދަވާ މިޕާޓީގެ ދަފްތަރުގައި ރެޖިސްޓްރީ ވެފައިވާ މެމްބަރުން ހިމަނައިގެން އުފައްދާފައިވާ ގޮފިތަކުގެ ރައީސުންނަށެވެ. އަދި މިދެންނެވި ރައީސުން ވާންވާނީ ގޮފި ޤަވައިދުގެ 3.3 ވަނަ މާއްދާ ބުނާގޮތަށް އިންތިޚާބުވިތާ 5 އަހަރު ފުރިފައިނުވާ ގޮފި ރައީސުންނަށެވެ.

މިދައުރުގެ 4 ވަނަ ޖަލްސާގެ ނިންމުން

ގޮފި ޤަވައިދު