ރައީސް މުޙައްމަދު ނަޝީދު އަރި އަތޮޅާއި ނިލަންދެ އަތޮޅުގެ ބަައެއް ރަށްތަކަށް ފުރާވަޑައިގަންނަވައިފި

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމދު ނަޝީދު އަރި އަތޮޅާއި ނިލަންދެ އަތޮޅުގެ ބަައެއް ރަށްތަކަށް މިއަދު ފުރާވަޑައިގަންނަވައިފިއެވެ.

ރައީސް ނަޝީދު އެންމެ ފުރަތަމަ މިއަދު ވަޑައިގެންނެވީ އއ. ބޮޑުފުޅަދޫއަށެވެ. ބޮޑުފޮޅުދޫއަށް ރައީސް ނަޝީދަށް ވަރަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ. ބޮޑުފުޅަދޫގައި އެމްޑީޕީގެ ޖަގަހައެއް ހުޅުއްވަވައިދެއްވުމަށްފަހު ރައީސް ނަޝީދު އެރަށުގެ ރައްޔިތުންނާ މުޙާތަބުކުރެއްވިއެވެ. ބޮޑުފޮޅުދޫ ސްކޫލަށް ޒިޔާރަތްކުރައްވައި މެހެމާނުން ސޮއިކުރައްވާ ފޮތުގައި ރައީސް ނަޝީދު ސޮއި ކުރެއްވެވިއެވެ.

ބޮޑުފޮޅުދޫއަށްފަހު ރައީސް ނަޝީދު ދެން ވަޑައިގެންނެވީ އއ.މަތިވެރިއަށެވެ. މަތިވެރިންވެސް ރައީސް ނަޝީދަށް ވަރަށް ހޫނު މަރުހަބާއެއް ދެންނެވިއެވެ. އަދި މަތިވެޜީ ރައްޔިތުންނާ ބައްދަލުކުރެއްވިއެވެ. އަދި އެމްޑީޕީން ކުރިއަށް އޮތް 5 އަހަރުގައި ކުރާން ނިންމާފައިވާ ކަންކަމާ ގުޅޭ ގޮތުން ވާހަކަފުޅު ދެއްކެވިއެވެ.

މަތިވެރިއަށްފަހު ރައީސް ނަޝީދު ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ އއ. ފެރިދޫއަށެވެ. އަދި މިއަދު މެންދުރުފަހު ނިލަންދެއަތޮޅު މާއެނބޫދޫއަށް ވަޑައިގަންނަވާނެއެވެ. އަދި މިރޭ ދ.ކުޑަހުވަދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ “އެއްބުރުން” ޖަލްސާގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާނެއެވެ.