2013 ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް އެމް،ޑީ،ޕީން ކުރަމުންގެންދާ ކެމްޕެއިނުގައި ބޭނުން ކުރަމުން ގެންދާ ތަކެއްޗަށް ދެމުންގެންދާ ބޮޑެތި ގެއްލުންތައް އެމްޑީޕީ އައްޑޫސިޓީން ވަރަށް ހަރުކަށި ޢިބާރާތުން ކުށްވެރިކުރުން

noosbayan

2013 ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް އެމްޑީޕީން ކުރަމުންގެންދާ ކެމްޕެއިނުގައި ބޭނުންކުރަމުންދާ ހުރިހާ އެއްޗަކަށާއި ތަކެއްޗާއި މެމްބަރުންގެ މުދަލަށް ދެމުންގެންދާ ބޮޑެތި އަނިޔާ ތަކާއި ގެއްލުންތައް އެމް،ޑީ،ޕީ އައްޑޫސިޓީން ވަރަށް ހަރުކަށި ޢިބާރާތުން ކުށްވެރި ކުރަމެވެ. އަދި މިއީ އަޅުގަޑުމެން ފޯރިއާއިއެކު ކުރަމުންދާ ކެމްޕެއިނުގެ ފޯކަސް އެހެން ދިމާލަކަށް އަނބުރާލުމުގެ މަޤްޞަދުގައި ބަޔަކު ވަރަށްބޮޑަށް ރާވައިގެން ކުރާ ކަމެއް ކަން ވަނީ ވަރަށް ބޮޑަށް ފާހަގަ ކުރެވިފައެވެ.

ވުމާއިއެކު އެއްބުރުން ރައީސް ނަޝީދުއަށް 2013 އިގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް އެމް،ޑި،ޕީ އައްޑޫސިޓީން ކުރަމުންމިދާ މަސައްކަތުގައި މިހާރަށްވުރެ ބާރަށް މަސައްކަތް ކުރުމަށާއި ކަޅުތެޔޮޖަހާ ކޮންމެ ފާރެއްގެ ބަދަލުގައި 4ފާރުގައި ރީނދޫ ކުލަ ލުމަށާއި މިއިންތިޚާބު ކާމިޔާބު ކުރުމަށް ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތް ބާރަށް ކުރިޔަށް ގެންދިއުމަށް އައްޑޫސިޓީގެ އެމް،ޑީ،ޕީގެ ހުރިހާ ފަހުލަވާނުންނަށް އަޅުގަޑު ގޮވާލަމެވެ. އަދި މިހާރު ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް ސާބަހާއި ހިތްވަރުދޭ ޙާލު ޚާއްޞަކޮށް ދާއިރާތަކުގެ ހިންގާކޮމިޓީތައް، ކެމްޕެއިންކޮމިޓީތައް، ހީވާގި ޕެޗްލީޑަރުންނާއި ހައުސް އެޖެންޓުންނަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަމެވެ.

އަދި އަޅުގަޑުމެންގެ މި ކެމްޕެއިން މަސައްކަތުގައި އެމް،ޑީ،ޕީގެ ތަކެއްޗާއި މެމްބަރުންގެ މުދަލަށް ދެމުންގެންދާ ލާއިންސާނީ ބޮޑެތި އަނިޔާތައް ވަގުތުން ވަގުތަށް ހުއްޓުވުމަށާއި މިއަނިޔާތައް ދެމުންގެންދާ މީހުންގެ މައްސަލަތައް ބައްލަވާ އިންސާފުގެ ކުރިމައްޗަށް ގެންގޮސް އެބަޔަކަށް ޙައްޤު އަދަބު ދިނުމަށް މޯލްޑިވްސް ޕޮލިސް ސާރވިސް އަށް މިފުރުޞަތުގައި އައްޑޫސިޓީ ހިންގާކޮމިޓީގެ ރައީސް ގެ ޙައިސިއްޔަތުން އަޅުގަޑު ވަރަށް އަޑުހަރުކޮށް ގޮވާލަމެވެ.

26 ޖުލައި 2013

ބަޔާން ނެރުނީ: އެމް،ޑީ،ޕީ އައްޑޫސިޓީ ގެ އިދާރާ
ހިތަދޫ، ދިވެހިރާއްޖެ