ޢެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ އެޕްލިކޭޝަން ފޯމު އިލެކްޝަންސަށް ހުށަހެޅުމުގެ ރަސްމިއްޔާތު މާދަމާ އޮންނާނެ

photo-12

ލިޔުނީ: ޝަހީދާ

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓް ރައިސް މުޙައްމަދު ނަޝީދު 7 ސެޕްޓެމްބަރު 2013ގައި އޮންނަ ރިޔާސީ އިންތިޚާބަށް ވާދަ ކުރެއްވުމަށް ހުށަހަޅަންޖެހޭ އެޕްލިކޭޝަންފޯމު ހުށަހެޅުމުގެ ރަސްމިއްޔާތު މާދަމާ (18 ޖުލައި 2013-ބުރާސްފަތި) މެންދުރު އޮންނާނެއެވެ. އަދި އިލެކްޝަންސަށް އެޕްލިކޭޝަންފޯމު ހުށަހެޅުމުގެ ރަސްމިއްޔާތު ފެށުމަށް ހަމަޖެހިފައިވަނީ މެންދުރު ނަމާދަށްފަހު 12:45ކުން އެމްޑީޕީގެ ސެކެޓޭރިއަޓް ހ. ޝަރާޝާ ކައިރިންނެވެ.

ރިޔާސީ ކެންޑިޑޭޓުގެ އެޕްލިކޭޝަން ފޯމު އިލެކްޝަންސަށް ހުށަހެޅުމުގެ ރަސްމިއްޔާތުގައި އެމްޑީޕީގެ އެންމެހާ މެމްބަރުންނާއި އަދީ ސަޕޯޓަރުން ބައިވެރިވުމަށް ޕާޓީގެ ޗެއަރޕާސަން އެދިވަޑައިގަންނަވައެވެ.