ރައީސް ނަޝީދު މީމު އަތޮޅަށް ފުރާވަޑައިގެންފި

ލިޔުނީ: ރާމިޒް
އަޕްޑޭޓްކުރީ: ރާމިޒް

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު މިއަދު ހަވީރު މީމު އަތޮޅަށް ފުރާވަޑައިގެންފި އެވެ.

ރައީސް ނަޝީދުގެ މި ދަތުރުފުޅަކީ މ.އަތޮޅު ކައުންސިލުން ހުސްވެފައިވާ މުލަކު ދާއިރާގެ ބައި އިލެކްޝަން ގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ މ.މުލައް، ހެޕީނާސް އިބްރާހީމް ލަތީފަށް ތާއީދު ހޯއްދެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި މިރޭ މުލަކުގައި ބާއްވާ ޖަލްސާގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާނެއެވެ.

ރައީސް ނަޝީދު މީމު އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ އާއި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވެސް ބައިވެރިވެވަޑައިގަންނަވައެވެ.