ނ.މާފަރު ރަށުކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓްލުން

ނ.މާފަރު ރަށުކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓްލުން މިއަދު 9:00 ން ފެށިގެން ކުރިއަށް އެބަދެއެވެ.

މެންދުރާ ހަމައަށް ލެވިފައިވާ ވޯޓްގެ އެމްޑީޕީގެ އެގްޒިޓް ޕޯލްގެ ނަތީޖާ ދައްކާގޮތުންު ޖުމްލަ ވޯޓް ލާފައިވަނީ 347 މީހުންނެވެ. މިއެެގްޒިޓްޕޯލް ދައްކާގޮތުން އެމްޑީޕީ ކެންޑިޑޭޓަށް 184 ވޯޓް ލިބިފައިވެއެވެ. އެއީ ވޯޓްގެ 53 އިންސައްތައެވެ. މިޕާޓީން ލަފާ ކުރާގޮތުގައި މި ބައި އިލެކްޝަންގައި 644 މީހުން ވޯޓްލާނެއެވެ.

މާފަރު ކައުންސިލްގެ ބައި އިލެކްޝަން ގައި 4 ބޭފުޅަކު ވާދަކުރެއެވެ. އެއީ އެމްޑީޕީގެ މެންބަރު މާފަރު އާއިލާވެހި، އަބްދުލް މާޖިދު އަލީ އާއި، ޕީޕީއެމުން ވާދަކުރައްވާ އެ ރަށު ފީރޯޒުގޭ މުސްލިމް މުހައްމަދާއި، އަމިއްލަ ގޮތުން ވާދަކުރައްވާ 2 ބޭފުޅުން ކަމަށްވާ މާފަރު ޒީނާ މަންޒިލް، އަބްދުއްރަހީމް އަލީ އާއި، އެރަށު ރާސްތާ އަބްދުލް ހާދީ އަބްދުﷲ އެވެ.

މާފަރުގެ އިތުރުން ވޯޓްފޮށި ބެހެއްޓިފައިވަނީ މާލޭގެ އިސްކަންދަރު ސްކޫލްގައެވެ.