އެމްޑީޕީގެ ޗެއަރޕާސަން އިތުރު ފަރުވާއަށް އަނެއްކާވެސް ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފި

reeko-moosa

އެމްޑީޕީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު އިތުރު ފަރުވާއަށް އަނެއްކާވެސް ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފިއެވެ.

އެމްޑީޕީ ވެބަސައިޓަށް މަޢޫލޫމާތުދެއްވަމުން މޫސަގެ އާއިލާ އިން ބުނީ “އިންޓަރނަލް ބްލީޑިންގ ގެ އަސަރު ފެނުމާއި، އެހެން އިންފެކްޝަނެއްގެ ސަބަބުން އަނެއްކާ ވެސް (މޫސަ) އިތުރަށް ފަރުވާކުރުމަށް ރާއްޖެއިން ބޭރަށް ފުރަން ޖެހުނީ” ކަމަށެވެ.

މޫސަގެ އާއިލާގެ މެންބަރަކު އިތުރަށް ވިދާޅުވީ މޫސަގެ ހާލަތާއި ބެހޭ ގޮތުން އިތުރު އެއްޗެއް ބުނަން އިނގޭނީ މިއަދު ކުރާ ތަޙްލީލްތަކަށް ފަހު ކަމަށެވެ.

އެމްޑީޕީން ފެބްރުއަރީ 8 ވަނަ ދުވަހު ބޭއްވި ސުލްހަވެރި ހިނގާލުން ރޫޅާލުމުގައި ފުލުހުން އެކަށީގެން ނުވާ ބާރުގެ ބޭނުންކޮށް، އެމްޑީޕީގެ މެންބަރުންނަށް ވަރަށް ބޮޑަށް އަނިޔާކޮށްފައިވާ އިރު، އޭގެ ތެރެއިން އެންމެ ސީރިއަސް ޙާލަތަކަށްދިޔަ އެއް ފަރާތް ކަމަށްވާ ރީކޯ މޫސާ މަނިކަށް ފުލުހުން ވަރަށް ބޮޑެތި އަނިޔާތަކެއް ދީ، ސީރިއަސް ޒަޚަމްތަކެއް ވިއެވެ. އަދި އެ ޒަޚަމްތަކަށް މީގެ ކުރިން ވެސް މޫސަ ވަނީ ރާއްޖެއިން ބޭރުގައި ފަރުވާ ހޯއްދަވާފައެވެ.