ފަހަލަސަޢީދު
އއ.މަތިވެރީ ރަށުކައުންސިލުން ހުސްވެފައިވާ ގޮނޑިއާ،ށ.މިލަންދޫ ރަށުކައުންސިލުން ހުސްވި ގޮނޑި ކާމިޔާބުކުރެއްވި،
އއ.މަތިވެރީ އިސްމާޢީލް ޢާޞިފް އާ، ށ.މިލަންދޫ އަބުދުﷲ ޢާތިފް އަށާ މި ދެގޮނޑީ އެމްޑީޕީ އަށް ކާމިޔާބު ކޮށްދިނުމަށް އެމްޑީޕީގެ އެކްޓިވިސްޓުންނާ، މެންބަރުންނާ ހެޔޮ އެދިވަޑައިގަނަނަވާ އެންމެ ބޭފުޅުންނަށް އެމްޑީޕީގެ ޗެއަރ ޕާސަނާ އިސް ލީޑަރ މަރުޙަބާ ވިދާޅު މެސެޖެއް ފޮނުވައިފިއެވެ.
ރާއްޖޭންބޭރުގައި ހުންނަވައިގެން ޗެއަރ ޕާސަން ފޮނުއްވެވި މަރުޙަބާގެ މެސެޖްގައި އެމްޑީޕީ ޙާޞިލްކުރަމުން މިދާ ކާމިޔާބީ ގެ ތަޅުދަނޑިއަކީ މިއަދުގެ ރައީސްގެ އޯގާވެރި ސިޔާސަތު ކަން ގަބޫޅުކުރައްވާ ކަމަށާ އެކަމަށްޓަކާ މިއުފާވެރި ދަނޑިވަޅުގައި ރާއްޖޭގެ ލޮބުވެތި ރައީސުލްޖުމްހޫރިޔާ މުޙައްމަދު ނަޝީދަށް ވަރަށް ހޫނުމަރުޙަބާ އެއް ދަންނަވާކަމުގައި ވިދާޅުވެފައި ވެއެވެ.
އެމްޑީޕީގެ ހުނަރުވެރި އެންމެހައި ޒުވާނުން ޢާ އަހަރަށް ތިޔަހޯއްދަވައި ދެއްވި ކާމިޔާބީއަކީ ރައްޔިތުންގެ އަނެއްދިވެހިރާއްޖެ
ރައްޔިތުންނަށް ޙާޞިލް ވެއްޖެކަމުގެ އުފާވެރި ޚަބަރެއްކަމަށާ، މިފެށޭ މީލާދީ އާ އަހަރަކީ ޑިއުޓީ ފުރީ އަހަރަކަށް ވެ ކޮންމެ ދިވެއްސަކަށް އެއްލައްކަ ދިވެހިރުފިޔާގެ ބޭސްފަރުވާ ކަށަވަރުވެ މުޅިމުޖްތަމަޢުގެ އިޖްތިމާޢީ ރައްކާތެރިކަން ކަށަވަރުވެގެން ދާނޭއަހަރަކަށް ވެފައިވާތީ ﷲ އަށް ޙަމްދުކޮށް، މި މަސައްކަތުގައި އިޚުލާޞްތެރިކަމާ އެކު ބައިވެރިވެވަޑައިގެންނެވި އެންމެ ބޭފުޅުންނަށް މަރުޙަބާވިދާޅުވާ ކަމުގައިވެސް ޗެއަރ ޕާސަންގ މެސެޖުގައި ހާމަކުރައްވާފައިވެއެވެ.
އަދި މިއުފާވެރި ކާމިޔާބީ ފާހަގަ ކުރައްވާ މިފެށުނު މީލާދީ އާއަހަރުގެ ތަހުނިޔާއާ ހެޔޮއެދުން ތައް ރާއްޖޭގެ ލޮބުވެތި ރައީސުލްޖުމްހޫރިއްޔާ އަށާ އެންމެހާ ރައްޔިތުން ފޮނުވާކަމުގައިވެސް ލިއުއްވާފައި ވެއެވެ.