އަންނަ ޖެނުއަރީ މަހުންފެށިގެން މަދަނައިގެ ޚިދުމަތް ނުލިބޭ އެއްވެސް ރައްޔިތަކު މިރާއްޖެއަކު ނުހުންނާނެ – ރައީސް.

ފަހަލަ ސަޢީދު

atifisal-06-09-2011-218

ރާއްޖެއައަށް އަލަށް ތަޢާރުފް ކުރެވުނު ޓެކްސްގެ ނިޒާމުގެތެރެއިން މިރާއްޖޭގައި މަދަނައިގެ ދަށުން ޚިދުމަތް ނުލިބޭ ހަމައެކަކުވެސް ނުހުންނާނޭކަމުގައި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެންވިދާޅުވީ މާލޭ ހެދިގޮނޑު ދޮށުގައި ރޭ ބޭއްވުނު އެމްޑީޕީގެ ޚާއްޞަޖަލްސާގައި ވާކަފުޅުދައްކަވަމުންނެވެ.
ރައީސް ނަޝީދުވިދާޅުވީ ސަރުކާރާ ޙަވާލުވުމަށްފަހު ފުރަތަމަ އެމަނިކުފާނު ބެއްލެވީ ރާއްޖޭގައި އޭރުލިބެންހުރި ޞިއްހީ ޚިދުމަތްތައް އެންމެންނަށް ހަމަހަމަ އުޞޫލަކުން ލިބިދެވޭނެ މަގެއް ފަހިކުރެވޭތޯ ކަމުގައެވެ. އެގޮތުން ހެލްތުއިޝުއަރެންސް ސްކީމެއް ގާއިމްކޮށް އެސްކީމުގެ ދަށުން ރައްޔިތުން ބޭސްސިޓީއަށް ސަލާންނުޖަހާ އަބުވެރިކަމާއެކު ޞިއްޙީ ޚިދުމަތް ދިނުމަށްޓަކާ މަދަނަ ޕްރޮގުރާމެއް ތަޢާރަފް ކުރެވިފައިވާނޭ ކަމަށާއި، އަލަށް ރާއްޖެއަށް ތަޢާރަފް ވެގެންދިޔަ ޓެކްސްގެ ނިޒާމުގެތެރެއިން ﷲ ގެވާގިފުޅާއެކު އަންނަ 2012 ވަނަ އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ އެންމެހާ ރައްޔިތުން އެޕްރޮގްރާމުގައި ބައިވެރިކޮށްދެއްވާނޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ވަޢުދުވީ ރައްޖޭގެރައްޔިތުން ބޭސް ސިޓީއަށް ސަލާންޖެހުން ނައްތާލާނޭކަމުގައެވެ. އެމަނިކުފާނު ރާއްޖެ ތެރެއަށް ކުރައްވާ ދަތުރުފުޅުތަކުގައި ރައްޔިތުން އެމަނިކުފާނުގެ އަރިހުގައި ދަންނަވަނީ ޞިއްޙީ ޚިދުމަތުގެ ފެންވަރު ވަރަށް ދަށް ކަމުގައެވެ.
މިޚިދުމަތް ރަގަޅުކުރެވޭނީ ހޮސްޕިޓަލްތަކުން ދޭ ޚިދުމަތުން ހޮސްޕިޓަލްތަކަށް ލިބޭއެއްޗެއް ރަނގަޅުވެގެން ކަމަށާއި، ކޮންމެރައްޔިތަކަށް =/100000 ރުފިޔާގެ ބޭސްފަރުވާ ލިބޭގޮތްވުމުން ހޮސްޕިޓަލްތަކުންދެވޭ ފަރުވާގެ ފެންވަރު ރަނގަޅުވެގެންދާނޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރާއްޖޭގައި މިހާތަނަށް މަދަނައިގެ ޚިދުމަތް ހޯދާ މީހުންގެ ޢަދަދު މަދުނަމަވެސް އަންނައަހަރު އެންމެނަށް މަދަނައިގެ ޚިދުމަތް ލިބެންފެށުމުން އެމްޑީޕީގެ މެނިފެސްޓޯގައި ބަޔާންވެގެންވާ ބޭސް ސިޓީއަށް ސަލާންޖެހުން ނައްތާލެވުނީކަމަށާއި، ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ހުރިހާ ވަޢުދެއް ފުއްދޭނެކަމުގެ ޔަގީންކަން ލިބިވަޑައިގެންފައިވާ ކަމުގައި ރައީސްނަޝީދު ވިދާޅުވިއެވެ
އަޅުގަނޑުމެން ވެރިކަމަށް އައީ މިރާއްޖޭގެ އެންމެހައިކަންކަމުގެ ޙާލަތު އެނގިތިބެގެން ކަމަށާއި ރާއްޖޭގައި ހިނގަމުން އައިކަހަލަ ވެރިކަމެއް ނިމިގެންދާ އިރު ގައުމު އޮންނާނޭ ޙާލަތު ރަނގަޅުކުރުމަށް ދުވަހާ އިރު ބޭނުންވާނޭކަންވެސް އެނގިތިބެގެންކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ނަމަވެސް މިސަރުކާރުންވެފައިވާ އެންމެހައިވަޢުދުތައް ފުއްދޭނެކަމީ އަޅުގަނޑު ޝައްކުކުރާ ކަމެއްނޫންކަމުގައި ވިދާޅުވަމުން ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ ތަރައްގީގެ ނާރެހަކީ ބޯހިޔާވަހިކަން ކަމަށާއި، ރާއްޖޭގައި މިވަގުތު ހުރީ 47000 ގެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.އެހެންކަމާއެކު ބޯހިޔާވަހިކަމަކީ މިސަރުކާރުން ރައްޔިތުންނަށް ކަށަވަރުކޮށް ދޭ ވަޢުދެއް ކަމަށާ މިހާރުވެސް އައްހާސް ގެޢިމާރާތްކުރެވެމުން އެބަދާކަމަށާ އިތުރު 500 ގެއެޅުމުގެ އެއްބަސްވުމުގައި މިހާރު ސޮއިކުރެވިފައިވާކަމުގައެވެ.މިގޮތުން މިސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދައިދިނުންކަން ބަޔާންކުރައްވަމުން އެމަނިކުފާނުގެ އެންމެހައި ވަޢުދު ތަކުގެމައްޗަށް ތަކުރާރުކޮށް ބައްލާވާލައްވާ ވާހަކަފުޅުދެއްކެވިއެވެ.