މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބޭއްވެވި ރަސްމީ ޙަފްލާ މުލީއާގޭގައި ރޭ ބާއްވަވައިފި

މިނިވަންދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި، އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ ޢަލީ ބޭއްވެވި ރަސްމީ ޙަފްލާ، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެ، މުލީއާގޭގައި ރޭ ބާއްވަވައިފިއެވެ.

މި ޙަފްލާގައި، ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ސްޓޭޓް މިނިސްޓަރުންނާއި، މިނިވަންދުވަހުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި ބޭރުގެ ޢިއްޒަތްތެރިންނާއި، ސަރުކާރުގެ އިސްބޭފުޅުންނާއި، މިނިވަން މުއައްސަސާތަކާއި، ކުންފުނިތަކުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައްދަލުކުރައްވައި، މިނިވަން ދުވަހުގެ ތަހުނިޔާ ވިދާޅުވިއެވެ.