ގ.ކެނެރީގޭ މުހަންމަދު ނަޝީދަކީ އޯގާވެރި ވެރިއެއް.

ފަހަލަ ސައީދު

blackfriday1

ނިމިގެންދިޔަ ދިގުވެރިކަން ބަދަލުކުރުމަށްޓަކާ ދިވެހިރައްޔިތުން، އޭރު ކުރަމުންދިޔަ އެކިއެކި މުޒާހަރާތަކުގައި، މުހަންމަދު ނަޝީދަށް ޖިސްމާނީގޮތުން ވަރަށްބޮޑެތި އަނިޔާދިން ފާހަގަކޮއްލެވޭ 3 މީހަކު ފުލުހުންގެތެރޭގައި މިހާރުވެސް ޙަރަކާތްތެރިވަމުންއެބަދެއެވެ. އަދި ނަޝީދު ވެރިކަމަށް ވަޑައިގަތުމަށްފަހު، މިދެންނެވި 3 ފުލުހުންގެ މަގާމު ވަނީ މަތިކޮށްދެއްވާފައެވެ. އެއްވެސް ބަދަލެއް ނުހިއްޕަވައެވެ. މިއީ މުހަންމަދު ނަޝީދާއި ކުރީގެ ވެރިމީހާގެ ތަފާތު ކިރާލުމުން، ފެނުނު އެއް ތަފާތެވެ.
ކުރީގެ ވެރިޔާ ވެރިކަމާ ތޮޅުނު ޒަމާނުގައި އޭނާ ޖަލަށްލާފައިވަނިކޮށް ފާޚާނަތަށްޓަށް އޭނާ ލައްވާ 5 ބާލިދީފެން އެޅުވި ސިފައިންގެ މީހާއާ މެދު ވެރިކަންލިބުމުން ޢަމަލުކުރިގޮތޭ ކިޔައިގެން އެދެކެވޭ ވާހަކަތައް ވެސް ތިޔަބޭފުޅުން ދެކެދެނެ ތިބީމުތާ އެވެ. ވަޒީފާއިން ވަކިކޮށް މުއްދަތެއް ނެތްގޮތަށް ފޮނުވާލުމާ ޖަލަށްލުމާ މިހެންގޮސް އެތަކެއް އަނިޔާކުރުމަށްފަހު ދޫކޮއްލިތާ މާގިނަދުވަސްތަކެއް ނުވެ، އޭނާ މި ދުނިޔެ ދޫކޮށްދިޔަ ކަމަށް ބުނެ އުޅޭކަން ތިޔަބޭފުޅުންނަށް އެނގިލައްވާނެއެވެ.
އަލްމަރުޙޫމް ވެލާނާގޭ އިބުރާހިމް ނާސިރުގެ ވެރިކަމުގައި މި ދެންނެވި ވެރިޔާ ޖަލަށްލާފައިވަނީ އެއްފަހަރުއެވެ. މުއްދަތެއްނެތް ގޮތަށް ފޮނުވާލެވިފައި ވެސް ވެއެވެ. މީގެބޭރުން ނާސިރުގެ ވެރިކަމުގައި އޭނާއަށް ލިބުނު އެއްވެސް އަނިޔާއެއް ނެތްހިނދުވެސް، ނާސިރު ވެރިކަން އަމިއްލަފުޅަށް ދޫކޮށް، ރާއްޖެވެސް ދޫކޮށް، ވެރިކަން ޙަވާލުކުރީމާ ނާސިރާއި ނާސިރުގެ ވެރިކަމުގެ ބޮޑުންނާމެދު ޢަމަލުކުރި ގޮތްވެސް ތިޔަބޭފުޅުން ދެކެދެނެތިބީމުތާއެވެ.
30 އަހަރުގެ ވެރިކަން ވޯޓުން ބަދަލުކޮށް 2008ވަނަ އަހަރު ތިޔަބޭފުޅުން ކެނެރީގޭ މުޙަންމަދުނަޝީދާ، މިގައުމު ހިންގަން ޙަވާލުކުރީމު ނޫންހެއްޔެވެ. ކުރީގެ ވެރިކަމުގައި އެމަނިކުފާނުގެ އަމުރުގެ ދަށުން އެތައްބަޔަކު މަރާފައިވާ ކަމުގެ ވާހަކަ ތަކުރާރުކޮށް އަޑުއިވޭ ހިނދު، އަދި މިހާރު ވެރިކަމުގައި ތިއްބެވި ގިނަބޭފުޅުންނަށް، އޭރުގެ ފޯހުން ބޮޑެތިއަނިޔާ ކޮއްފައިވާ ވާހަކަ އިވެމުންދާއިރު ވެސް، މިއަދުގެ މި އޯގާތެރި ސަރުކާރުން އޭރުގެ ވެރިންނާއި، އެބައިމީހުންގެ އެކުވެރިންނަށް، އެއްވެސް އަނިޔާއެއް ކޮއްފައިވޭތޯއެވެ. މިހިރީ އިޙުސާންތެރި ވެރިޔަކު ތިޔަބޭފުޅުން ޚިޔާރުކުރުމުގެ ފޮނިމޭވާއެވެ. އުފާވާ ޒަމާނަކަށް މިޒަމާންމިވީ އެހެންވެތާއެވެ. މިރާއްޖޭގައި އޭރުގެ ވެރިކަމުން، އެ ވެރިކަން ތާ އަބަދަށް ދެމެހެއްޓުމަށް، އުފެއްދިކަމަށްބުނާ ގޭންގްތަކާއި، ގުންޑާއިންތައް އެއްފަރާތްކުރެވުނީމާ، “ފަރިހިނގުމެއްގާ މިތުރާ ހިނގާފައިދާއިރު” އެއްވެސް ހުރަހެއްނެތި އަމާޒަށް ވާޞިލްވެވޭނެއެވެ.
ގަނޑުވަރުތެރޭގައި ރަސްގެފާނުގެ އެއްމާބަނޑު ދެބެންގެތެރެއިން އެއްގޮމަ ބޮޑީގާޑަކާ ހިއްޕުޅާ ހަމަކުރެއްވި ކަން އެރަސްގެފާނަށް އެނގިވަޑައިގަތުމުން ސުވިމިންޕޫލު ކައިރީގާހުންނަ ގަހުރަމާންސަރާއަކަށް ގޮމައާ ހިއްޕުޅާވި ބޮޑީގާޑުގެ ހަށިގަނޑުގައި ރަސްގެފާނުގެ ޗާބޫކުން ތަޅުއްވަމުން ގޮސް ބޮޑީގާޑް ހޭނެތުމުން ރަސްގެފާނުގެ ޖަލުގެ ޑޮކުޓަރު ގެންނަވާ އިންޖެކުޝަނެއް ޖައްސަވާ މޮޔަކޮށް، އެފަކީރު މޮޔައިންގެ މަރުކަޒެއްގައި ހުރިކަމަށް މީހުން ކިޔައިއުޅޭ ވާހަކަ އަކީ ވެސް ބައެއް މީހުންނަށް އާ ވާހަހަކައަކަށް ވިޔަސް ސިޔާސީ މީހުންނަށް ބާ ވާހަކައެކެވެ.
ތިޔަބޭފުޅުން މިފަދަ އަނިޔާވެރި ރަސްކަލަކު، ހިރަފުސްފޮޅާ ފުޓުނިއަޅާ ކުލަހާކާ މޭކަޕްކޮށްގެން ނެރުނަސް މިގައުމުގެ ކަންކަން ހަމައާއި، އިންސާފުގެ ލޯތަކަކުން ބަލަންތިބި ހަމައެކަކުވެސް ވޯޓެއްނުދޭނެއެވެ. ބާރަށް ހަޅޭއްލަވާ ކޮންމެ މީހެއްގެ މަގުޞަދަކީ މާލީ މަންފާއެއް ޙާޞިލްކުރުމެވެ. ވެރިކަމުންބޭލުމުން ގައުމު ވަނީ ދަވާލާފައެވެ. މިލިޔަން، މިލިޔަން ޑޮލަރަކީ ދެބޭން ކައްވާލި މަދުފައިސާ ކޮޅެކޭ ބުނާތީ އަޑުއިވެއެވެ. އަދި އިންތިގާލީ މަރުޙަލާގައި ހުރިހާ ހެކި ނައްތާލާފައިވާ ކަމަށް ވެސް ބަޔަކު މީހުން ބުނާތީ އަޑުއިވެއެވެ.
ފަހުގެ ރަސްގެފާނުގެ ޚާއްޞަ އެކުވެރިންނަށް ލިބުނު ދިގު ވެރިކަމުގެ، ރަނުގެ ފުރުޞަތު، ފުރިހަމަގޮތުގައި ބޭނުންހިފިއެވެ. ނަތީޖާއަކީ އާސަރުކާރާ ޙަވާލުވި އާ ބޭފުޅުން ހޯހޯގޮވާފައި ދުރަށް ޖެހިލާނެކަމަށް ހީކުރުމެވެ. ނަމަވެސް ކުރީގެ ރަސްގެފާނުގެ ބޯދާ އަނިޔާވެރި ވިސްނުމަށްވުރެ ފަހުގެ ޒުވާނުންގެ ވިސްނުން، މާރަނގަޅެވެ. އެހެންވީމާ ދެން މިރާއްޖޭގެ ވެރިކަމާމެދު ނުވިސްނުމަށް ގޮވާލަމެވެ. ބާވެ ހަސްފަސް ނެތިފައިވާ، ބާ ތިންރިޔަލުގައި މަހަކަށް ދެނެއް ނުފުރޭނެއެވެ.