ރައީސުލްޖުމްހޫރިއްޔާ ސުޕްރިންޓެންޑެންޓް އޮފް ޕެނިޓެންޝަރީގެ މަގާމަށް ބޭފުޅަކު ޢައްޔަން ކުރައްވައިފި

abdulla-munaz

ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސަރވިސަސްގެ ސުޕްރިންޓެންޑެންޓް އޮފް ޕެނިޓެންޝަރީގެ މަގާމަށް، ހެންވޭރު މާފިޔަ ފަސްޓް ލެފްޓެނަންޓް (ރިޓަޔަރޑް) ޢަބްދުﷲ މުނާޒު، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ. މިމަގާމަކީ، މިނިސްޓަރުގެ ނައިބު ފެންވަރުގެ މަގާމެކެވެ.