ހެންވޭރު ދެކުނު ދާއިރާއިން އިސްނަގައިގެން އެދާއިރާގައި މަދިރި މަދުކުރުމުގެ ގޮތުން ފޮގްކޮށްފި

އިބްރާހީމް ރާމިޒް

henveyru-dhekunu-fogkurun

ހެންވޭރު ދެކުނު ދާއިރާގެ އިސްކޮށް ހަރަކާތްތެރިވާ އަންހެން ބޭފުޅުން އިސްނަގައިގެން އެދާއިރާއަށް ފޮގްކޮށްފިއެވެ.
އެ ގޮތުން އެ ބޭފުޅުންގެ އިސްނެންގެވުމުގެ މަތިން އެދާއިރާގެ އެމްޑީޕީ ރައީސް ޙުސައިން ޝަހީމް އާ ބައްދަލުކުރައްވައި، މިހާރު ފެތުރިފައިވާ ޑެންގީ ހުމާ މެދުކަން ބޮޑުވުން ފާޅުކޮށް ދާއިރާއަށް ފޮގްކޮށް ދިނުމުގެ އަމަލީ މަސައްކަތެއް ފަައްޓަވައި ދިނުމަށް އެދުމުން ދާއިރާގެރައީސްގެ ބެއްލެވުމުގެ ދަށުން މިދިޔަ ހޮނިހިރު ދުވަހު ފަތިހު 5:30 އިން ފެށިގެން އެދުވަހުގެ ހެނދުނު 07:00 އާ ހަމަޔަށް ހެންވޭރު ދެކުނު ދާއިރާ ހިމެނޭ ސަރަހައްދަށް ޕޮގްކުރުމުގެ މަސައްކަތް ކުރިޔަަށް ގެންގޮސްފައިވެއެވެ.
ހެންވޭރު ދެކުނު ދާއިރާއަށް ފޮގްކުރުމުގައި، ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އަލްއުސްތާޛާ މަރީޔާ އަޙްމަދު ދީދީ އާއި، މާލެ ސިޓީ ކައުންސިލް އާއި، ޑީސީޕީ ޓާސްކް ސެންޓަރާއި، ކްލަބްފަރުގެ މެނޭޖްމަންޓާއި އިސްވެރިން ޚާއްސަކޮށް އެ ދާއިރާ އަށް ނިސްބަތްވާ މުޙައްމަދު ސައީދުގެ އެހީތެރިކަން ފާހަގަކުރާ ކަމަށް އެމްޑީޕީ ހެންވޭރު ދެކުނު ދާއިރާއިން މައުލޫމާތު ދެއެވެ.
އެ ގޮތުން ޕޮގްކުރަން ބޭނުންވާ ކެމިކަލްެއާއި، މެޝިންއާ،ކަމުގެތަޖުރިބާހުރި މީހަކު ފޮނުއްވައިދެއްވީ ސައީދުގެ ދިލަތި އެހީތެރިކަމުގެ ދަށުން ކަމަށާއި، މީގެ އިތުރުން އެދާއިރާގެ ކައުންސިލަރާއި، ދާއިރާގެ މެންބަރު ޙާމިދު ޢަބްދުލްޤަފޫރުގެ އެހީތެރިކަން ވެސް އެދާއިރާއިން ފާހަގަކުރއެވެ.
އަދި، މި މަސައްކަތުގައި އެމްޑީޕީ ހެންވޭރު ދެކުނު ދާއިރާގެ އިންތިޒާމް ސެކެޓްރީ އާދަންހަލީލް އާއި ދާއިރާގެ ކަންކަމުގައި އިސްކޮށް ހަރަކާށްތެރިވެލައްވާ އަބުދުލްޤަފޫރު ގެ އެހީތެރިކަންވެސް ވަރަށް ފުރިހަމައަށް ލިބުނުކަމަށާއި، މި މަސައްކަތަށް އެމްޑީޕީ ސެކްރެޓޭރިއަޓުން ވެސް ވަރަށް ބޮޑަށް އެހީވެފައިވާ ކަމަށް އެ ދާއިރާއިން މަޢުލޫމާތު ދެއެވެ.
މި އީ އެމްޑީޕީގެ ދާއިރާ އަކުން އިސްނަގައިގެން ޑެންގީއާ ދެކޮޅަށް މިފަދަ ހަރަކާތެއް ހިންގި ފުރަތަމަ ފަހަރެވެ. މީގެ ކުރިން އެމްޑީޕީން ވެސް ވަނީ ޑެންގީ ހުމާ މެދު އާންމުން ހޭލުންތެރިކޮށް، މަދިރިއުފެދޭ ގޮތަށް ހުރި ތަންތަން ނައްތާލުމަށް ގައުމީ ފެންވަރުގެ ބޮޑު ޙަރަކާތެއް ހިންގާފައެވެ.