ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓުގެ މަޤާމަށް އަސްލަމް މުޙައްމަދު ޝާކިރު ހަމަޖައްސަވައިފި

jj

މި އަދު މެންދުރުފަހު 3:30 ގައި އެމް.ޑީ.ޕީ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް ކަމުގެ ފަތްކޮޅު އަސްލަމް މުޙައްމަދު ޝާކިރު އާއި ޙަވާލު ކޮށް ދެއްވީ ޕާރޓީގެ ރައީސް ޑރ. އިބްރާހީމް ދީދީ އެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕާރޓީގެ ރައީސް ވިދާޅުވީ މި މަޤާމް އަސްލަމް މުޙައްމަދު ޝާކިރާއި ޙަވާލު ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ޕާރޓީގެ ސިޔާސީ ޙަރަކާތްތައް ފުޅާ ދާއިރާއެއްގައި ކުރިޔަށް ގެންދިއުމުގައި ވާގިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ. އަސްލަމް ޝާކިރަކީ މި ޕާރޓީ އަށް ވަރަށް ގިނަ ޚިދްމަތްތައް ފޯރުކޮށް ދެއްވަމުން ގެންދަވާ ބޭފުޅެއް ކަމަށާއި އަދި މުސްތަޤްބަލްގައި ވެސް އެފަދާ ޚިދްމަތްތައް ފުޅާ ދާއިރާއެއްގައި ލިބިގެން ދާނެ ކަމުގެ ޔަޤީން ކަން މި ޕާރޓި އަށް އޮތް ކަމަށް ވެސް ޑރ. ދީދީ ވިދާޅުވިއެވެ.

އަސްލަމް ޝާކިރުގެ ވާހަކަފުޅުއިގައި މި ފަދަ މަޤާމެއް ޕާރޓީގެ ރައީސްގެ ފަރާތުން ލިބިގެން ދިޔަ ކަމީ އެބޭފުޅުން ކުރައްވާ މަސައްކަތް ތައް ޕާރޓީ އިން ބަލައިގަން ކަމެއް ކަމަށާއި އަދި އެކަމަށްޓަކައި ވަރަށް އުފާ ކުރައްވާ ކަމަށެވެ. މީގެ އިތުރުން ވެސް އަސްލަމް ޝާކިރު ޕާރޓީ ގެ ޚިދްމަތުގައި ދެމިހުންނަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އަސްލަމް ޝާކިރު މި ވަގުތު ފުރުއްވަމުން ގެންދަވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް ގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަޤާމާއި އަދި މި ޕާރޓީގެ ދިއްގަރު ދާއިރާގެ ރައީސް ކަމުގެ މަޤާމުގައެވެ.