އެމްޑީޕީ އިންތިޚާބުގައި ނައިބު ރައީސް ކަމަށް ވާދަކުރެއްވި އަސްލަމް އަލްހާނަށް މަރުހަބާ ވިދާޅުވެއްޖެ

އިބްރާހީމް ރާމިޒް

މިއަދު ބޭއްވި އެމްޑީޕީ އިންތިޚާބުގެ މިހާތަނަށް ގުނާ ނިމިފައިވާ ވޯޓު ފޮށިތަކުގެ ނަތީޖާ އަށް ބަލާއިރު، އެ ޕާޓީގެ ނައިބު ރައީސްގެ މަގާމަށް ވާދަކުރެއްވި 3 ބޭފުޅުންގެ ތެރެއިން އެންމެ ކުރީގައި އުޅުއްވާ ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީއަށް އޭނާ އާ އެންމެ ކައިރިން ވާދަކުރައްވާ ހައުސިންގ މިނިސްޓަރ މުޙައްމަދު އަސްލަމް މަރުހަބާ ވިދާޅުވެއްޖެއެވެ.
މިހާތަނަށް ގުނާ ނިމުނު ވޯޓު ފޮށިތަކުގެ ނަތީޖާއަށް ބަލާއިރު އަލްހާން ކާމިޔާބުކުރައްވާނޭ ކަމަށް ދެކިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެ އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ އަށް އަސްލަމް ދާދި ދެންމެއަކު ފޮނުއްވި އެސްއެމްއެސްގައި، މިއަދު މި ބޭއްވި އިންތިޚާބަކީ ވަރަށް ކާމިޔާބު އިންތިޚާބެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށާއި، އެކަމަށްޓަކައި ޗެއަރޕާސަން އަށް ވެސް މަރުޙަބާ ވިދާޅުވެފައިވެއެވެ.