އެމްޑީޕީގެ ޚާއްސަ ޖަލްސާ އެއް މާދަމާރޭ އާޓިފިޝަލް ބީޗްގައި އޮންނާނެ

– މި ޖަލްސާގައި މަޝްހޫރު ބައެއް ފަރާތްތަކުން އެމްޑީޕީއަށް ސޮއިކުރާނެ

އިބްރާހީމް ރާމިޒް

mdp-logo

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ވަރަށް ޚާއްސަ ޖަލްސާއެއް މާދަމާރޭ އޮންނާނޭ ކަމަށް އެޕާޓީން ހާމަކޮށްފިއެވެ.
މާދަމާރޭ 8.45 ގައި އާޓިފިޝަލް ބީޗުގައި ފަށާ، މި ޖަލްސާއަށް އެމްޑީޕީގެ ވީހާވެސް ގިނަ މެންބަރުންނާއި، ޕާޓީއަށް ތާއީދުކުރައްވާ އަދި ހެޔޮއެދި ވަޑައިގަންނަވާ އެންމެހާ ފަރާތްތަކުން ވަޑައިގެންނެވުމަށް އެޕާޓީން އެދެއެވެ.
މިއީ ލޯކަލް ކައުންސިލް އިންތިޚާބުގެ ރަސްމީ ކެމްޕެއިން ނިންމުމަށްފަހު އެމްޑީޕީން ބާއްވާ މިފަދަ ފުރަތަމަ ޖަލްސާ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ޖަލްސާގައި ރާއްޖޭގެ ވަރަށް މަޝްހޫރު ބައެއް ފަރާތްތަކުން އެމްޑީޕީއާ ގުޅޭނެއެވެ.