ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ މަހާސިންތާގައި އެމްޑީޕީން ބައިވެރިވެއްޖެ

ފާތުމަތު ޝިއުނާ

mdp-logo-223-x-233

ޑިޕާޓްމަންޓް އޮފް ޖެންޑަރ އެންޑް ފެމިލީ ޕްރޮޓެކްޝަން ސާރވިސަސްއާއި ޔުނިސެފް ގުޅިގެން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ކަމާބެހޭ ހުރިހާ ދާއިރާތައް އެކުގައި މަސައްކަތް ކުރުމުގެ ގައުމީ މާހާސިންތާ ފެށުމުގެ ރަސްމިއްޔާތު ވަނީ 16 ފެބްރުއަރީ 2011، މިއަދު ހެނދުނު 8:00 ގައި ބަނޑޮސް އައިލެންޑް ރިޒޯޓް އެންޑް ސްޕާރ ގައި ބާއްވާފައެވެ. މި ރަސްމިއްޔާތުގައި މިޕާޓީގެ ފާރާތުން ބައިވެރިވެ ވަޑައިގެންފައިވާނީ މިޕާޓީގެ ޕާލިމެޓްރީ ގްރޫޕުގެ ގދ ތިނަދޫގެ މެންބަރު މުހައްމަދު ގަސަމް، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލް ޢަފޫރު، މައްޗަންގޯޅި ދެކުނު ދާއިރާގެ މުހައްމަދު ރަޝީދު އަދި ގދ މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްއެވެ.
މި މަހާސިންތާގައި ބައިވެރިވި އެމްޑީޕީގެ މެންބަރުންވަނީ އެޕާޓީގެ ފަރާތުން މިކަމަށް ދެވެން އޮތް ހުރިހާ އެއް ބާރުލުން ދެއްވާނޭ ކަމަށް ވިދާޅުވެފައެވެ.