މިލަދޫގައި މަނަދޫ ދާއިރާގެ އަތޮޅު ކައުންސިލް ކެންޕޭން ލޯންޗުކުރުމުގެ ހާއްސަ ޖަލްސާއެއް ބާއްވައިފި

5 ޑިސެމްބަރ 2010

miladhoo-450-x-300

އުތުރު ޕްރޮވިންސްގެ ނ.މިލަދޫގައި މަނަދޫ ދާއިރާގެ އަތޮޅު ކައުންސިލް އަދި މިލަދޫގެ ކައުންސިލް ކެންޕޭން ލޯންޗުކުރުމުގެ ޖަލްސާ ބާއްވައިފިއެވެ. މި ޖަލްސާ ބޭއްވިފައިވަނީ މިލަދޫ ބަނދަރު ސަރަހައްދުގައެވެ. އެމްޑީޕީގެ އަތޮޅު ކައުންސިލްގެ މަނަދޫ ދާއިރާގެ ކެންޕޭނު ލޯންޗުކުރުމުގެ މި ޖަލްސާގައި މަޖްލީހުގައި މަނަދު ދާއިރާ ތަމްސީލްކުރައްވާ މެންބަރ މުހަންމަދު ތޯރިގު ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި އޭގެ އިތުރަށް ތުޅާދޫ ދާއިރާގެ މެންބަރ ނާޒިމް ރަސާދު،މަޑަވެލި ދާއިރާގެ މެންބަރ މުހަންމަދު ނާޒިމް، ކެނދިކޮޅުދޫ ދާއިރާގެ މެންބަރ އަހްމަދު އީސަ، ފުވަންމުލަކުގެ މެންބަރ ސިފާގް މުފީދު، ބާރަށު ދާއިރާގެ މެންބަރ މުހަންމަދު ސިފާޒު، އިހަވަންދޫ ދާއިރާގެ މެންބަރ އަހްމަދު އަބްދﷲ އާއި އެމްޑީޕީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މިލަދޫގައި ކެންޕޭނު ލޯންޗުކުރުމުގެ ގޮތުން ބެއްވުނު މި ޖަލްސާފަށްޓަވައިދެއްވީ ކީރިތި ޤުރުވާނުގެ ބަރަކާތުން އެމްޑީޕީގެ ދީނީ މަސްވަރާ މަޖުލީހުގެ ނައިބް ރައީސް އަލްހާފިޒް އަހްމަދު ޒަކީއެވެ. އެއައްފަހު އަތޮޅު ކައުންސިލައް މަނަދޫ ދާއިރާއިން ކުރިމަތިލައްވާ ދެ ކެންޑިޑޭޓުން ކަމައްވާ މުހަންމަދު މާހިދު(މަނަދޫ)އާ މުހަންމަދު ބަސީރު(ނ.ޅޮހި،ރީފް)ގެ ކެންޕޭނު ލޯންޗުކުރެވުނެވެ. އަތޮޅު ކައުންސިލް 2 ކެންޑިޑޭޓުންގެ ކެންޕޭނު ލޯންޗުކުރުމައްފަހު މިލަދޫ ގެ ރަށުކައުންސިލް ކެންޕޭނު ލޯންޗުކުރެވުނެއެވެ.
ކެންޕޭނު ލޯންޗުކުރުމަށްފަހު ޖަލްސާގައި ކައުންސިލް ކެންޑިޑޭޓުންގެ ކުރު ތާރަފެއް ދިނުމާއި އަދި ޝުއޫރު ފާޅުކުރުމުގެ ގޮތުން ކެންޑިޑޭޓުން ވާހަކަފުޅުދެއްކެވިއެވެ. މި ގޮތުން އެންމެފުރަތަމަ ވާހަކަފުޅުދެއްކެވީ މަނަދޫ ދާއިރާގެ ކެންޑިޑޭޓް މުހަންމަދު މާހިދު މޫސާފުޅެވެ. މާހިދުގެ ވާހަކަފުޅުގައި މާހިދު އަތޮޅު ކައުންސިލްގެ މަނަދޫ ދައިރާއަށް ކުރިމަތިލެއްވީ ރައްޔިތުންނަށް އެންމެފުރިހަމަގޮތުގައި ހިދުމަތްކުރެވޭނެކަމަށް ގަބޫލުކުރެވެތީކަމުގައި ވިދާޅުވިއެވެ. އަދި ކައުންސިލަށް ނިކުތީ ދާއިރާގެ ރައްޔިތުންގެ ވިސްނުމާއި ވިންދުއެނގިވަޑައިގެން ކަމުގައި ވިދާޅުވިއެވެ. މާހިދުގެ ވާހަކަފުޅަށްފަހު ޖަލްސާގައި ވާހަކަފުޅުދެއްކެވީ އަތޮޅުކައުންސިލް ކެންޑިޑޭޓް މުހަންމަދު ބަޝީރުއެވެ. ބަޝީރުގެ ވާހަކަފުޅުގައި ދާއިރާ އިންތިހާބު ކާމިޔާބުކުރުމަށްް މިލަދޫ ރައްޔިތުންގެ އެހީ ބޭނުންވާކަމަށާއި މިލަދޫ ރައްޔިތުންގެ އެއްބާރުލުމާއި އެކު ﷲ ގެ ވާގިފުޅާއެކު އިންތިހާބު ކާމިޔާބުކުރެވޭނޭ ކަމަށާއި، ޅަފަތުގެ ދުވަސްތައް ގުނަމުންދާާ ޑިމޮކްރަސީ ހަރުދަނާކޮށް ގައުމަށް އެހީތެރިވުމުގައި މުޅިދުނިޔެ އޮންނާނެކަމަށް ވިދާޅުވިއެވެ. ޑިމޮކްރަސީގެ ފޮނިމީރުކަން އަދި ރަށްފުށަށް ނުލިބޭކަމަށާއި ޑިމޮކުރަސީ ފުރިހަމަވެ އެ އުފާތައް ރައްޔިތުންނަށް ނުލިބެނިސް ބޭރުގެ ގައުމުތަކުން އަޅާނުލާ މި ގައުމު ދޫކޮށް ނުލައްވާނެކަމައް ވިދާޅިވިއެވެ. އަތޮޅު ކައުންސިލް ކެންޑިޑޭޓް މުހަންމަދު ބަސީރަށްފަހު މިލަދޫ ކައުންސިލް ކެންޑިޑޭޓުން ވާހަކަފުޅުދެއްކެވިއެވެ. އެބޭބޭފުޅުންގެ ވާހަކަފުޅުގައި މިލަދޫގެ ކުރިއެރުމާއި ރަށްވެހި ތަރަށްގީއައްޓަކައި އެބޭފޫޅުން ހޮވައިދެއްވުމައް އެދިފައިވެއެވެ.އަދި ކުރީގައި މިލަދޫ ރައްޔިތުންނައް ހިޔާނާތްތެރިވެ އޮޅުވާލާފައިވާ ބަޔަކަށް ވޯޓު ދިނުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށާއި އެއީ ރައްޔިތުންގެ ކުރިއެރުމައް ހުރަސްއަޅަން މަސައްކަތް ކުރާ ބައެއްކަމައް ވިދާޅުވިއެވެ.
ކައުންސިލް ކެންޑިޑޭޓުނައްފަހު ޖަލްސާގައި ރައްޔިތުންގެ މަޖްލީހުގެ މެންބަރުން ވާހަކަފުޅުދެއްކެވިއެވެ. ޖަލްސާގައި ފުރަތަމަ ވާހަކަފުޅުދެއްކެވީ މަނަދޫ ދާއިރާގެ މެންބަރ މުހަންމަދު ތޯރިގެވެ. މަނަދޫ ދާއިރާގެ މެންބަރުގެ ވާހަކަފުޅުގައި އެބޭފުޅާޔަކީ މަނަދުއަށް ހާއްސަ ބޭފުޅެއް ނޫންކަމަށާއި އެބޭފުޅާޔަކީ މަނަދޫ ދާއިރާޔަށް ހާއްސަ ބޭފުޅެއްކަމަށެވެ. އަދި ދާއިރާގެ ރައްޔިތުންގެ ހައްޤުގައި މަސައްކަތްކުރައްވާނެކަމަށާއި އަތޮޅު ކައުންސިލްގެ މަނަދޫ ދާއިރާގެ 2 ކެންޑިޑޭޓުންނާއި މިލަދޫގެ ކެންޑިޑޭޓުންނަކީ ވަރަށް ގާބިލް އަދި ތަރަށްގީގެ ވިސްނުނުން ހުރި ބޭފުޅުންތަކެއް ކަމައް ވިދާޅުވިއެވެ. ތޯރިގުގެ ވާހަކަފުޅައްފަހު މަޖްލީހުގެ މެންބަރުން މި ޖަލްސާގައި ވާހަކަފުޅުދައްކަވާފައިވެއެވެ.
ވަރަށްބޮޑަށް ރޭވިގެން ވަަރަށް ފުރިހަމަ އިންތިޒާމްތަކަކާއިއެކު ފެށި މި ޖަލްސާ ހިނގަމުންދިޔަވަގުތު މިލަދޫގެ ޑީއާރުޕީިއަށް ނިސްބަތްވާ ބަޔަކު ޖަލްސާ ހިނގަމުން ދިޔަ ސަރަހައްދަށް ވަދެ ޖަލްސާޔަށް ހުރަސްއަޅަން މަސައްކަތްކޮށްފައިވެއެވެ.އަދި އެމްޑީޕީގެ މެންބަރަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވެއެވެ. ޖަލްސާކުރިޔަށް ދިޔަ ސަރަހައްދަށްވަދެ އެމްޑީޕީ މެންބަރަށް ޑީއާރުޕީ މެންބަރު ހަމަލަދިން މައްސަލަ މިހާރު ޕޮލިހުންދަނީ ތަހްގީގުކުރަމުންނެވެ