މުޒާހަރާ 73 ގަޑިއިރާ 13 މިނިޓަށް ކުރިއަށް ދާނެ

CUpB5xUXIAESgbK

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އެމް.ޑީ.ޕީން 27 ވަނަ ދުވަހު ކުރާ މުޒާހަރާގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވާނެ ކަމަށާއި މި މުޒާހަރާ 73 ގަޑިއިރާއި 13 މިނިޓަށް ދެމިގެންދާނެކަމަށް އެމް.ޑީ.ޕީގެ ލީޑާރޝިޕުން އިއުލާންކޮށްފިއެވެ. 27 ނޮވެމްބަރުގެ ބޮޑު މުޒާހަރާ އަށް މިހާރުވެސް ވަރަށް ގިނަ އަދަދަކަށް އެކި އެކި ރަށްތަކުން ރައްޔިތުން ދަނީ މާލެ އަރަމުންނެވެ. އެގޮތުން ރޭއާއި މިއަދުވެސް ގިނަ އަދަދެއްގެ އުޅަދުފަހަރުގައި ރައްޔިތުން ދަނީ މާލެއަރާފައެވެ.

27 ވަނަ ދުވަހުގެ މުޒާހަރާ 72 ގަޑިއިރާއި 13 މިނިޓަށް ދިގުދެމިގެންދާއިރު މި މުޒާހަރާ ފެށޭނީ އެމް.ޑީޕީގެ އޮފީހުން ޤައުމީ މަޖިލިހުގެ މެމްބަރުން ނިކުމެގެންގޮސް އާރޓިފިޝަލް ބީޗާއި ހިސާބުންނެވެ. މި މުޒާހަރާއަށް ކާނާފަދަ ތަކެތި ހެޔޮއެދޭ ފަރަތްތަކުން ފޯރުކޮށްދިނުމުގެ ދޮރުވަނީ ހުޅުވާލެވިފައެވެ. މި މުޒާހަރަގައި ސަރުކާރަށް ޑިމާންޑުތަކެއް ހުށަހަޅާނެއެވެ. އަދި މި ޑިމާންޑުތަށް ފުރިހަމަ ކުރުމަށް ގ\ވަގުތު ދެވޭނެއެވެ.