އެމް.ޑީ.ޕީން 6 އިދާރާއެއްގެ ވެރިންނާއި ބައްދަލުކުރުމަށް އެދި ސިޓީ ފޮނުވައިފި

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީން) ދައުލަތުގެ 6 އިދާރާއެއްގެ ވެރިންނާއި ބައްދަލުކުރެއްވުމަށް އެދި ސިޓީ ފޮނުވައިފިއެވެ. އެ އިދާރާތަކަކީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު އާސިފް، މޯލްޑިވްސް ޕޮލިސް ސާރވިސްގެ އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަރީފް، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އަލްފާޟިލް މުޙައްމަދު ސަޢީދު، ހިއުމަންރައިޓްސް ކޮމިޝަންގެ ރައީސާ އަލްފާޟިލާ އާމިނަތު އިނާސް އަދި ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބަށް ވަނީ ޕާޓީގެ ފަރާތުން ބައްދަލުކޮށްލެއްވުމަށް އެދި އެޕޮއިންޓްމެންޓަކަށް ވަކިވަކިން ސިޓީއެއް މިއިން ކޮންމެ އިދާރާއަކަށް ފޮނުވާފައެވެ.