ކުރީގެ ޑިފެންސް މިނިސްޓަރ މުޙައްމަދު ނާޒިމް ގެ ޝަރީއަތަށް އެމް.ޑީ.ޕީ

NazimMWSC

މަޤާމުން ޓެރަރިޒަމްގެ ދައުވާ އުފުލާ ވަކިކުރެވުނު ކުރީގެ ޑިފެންސް މިނިސްޓަރ މުޙަންމަދު ނާޒިމްގެ ޝަރީއަތް މިއަދު 13:30އަށް ސިވިލް ކޯޓުގައި ވަނީ ތާވަލުކުރެވިފައެވެ.އަދި މިޝަރީއަތް އަޑު އެހުމަށް ވީހާވެސް ގިނަ ދިވެހި ރައްޔިތުންނާއި ވަކިން ހާއްސަކޮށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުން ވަޑައިގަތުމަށް ޗެއާރޕާރސަން ވަނީ ގޮވާލައްވާފައެވެ.
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ މައިގަނޑު އަމާޒަކީ އިންސާފް ގާއިމް ކުރުމާއި ހުރިހާ ދިވެހި ރައްޔިތުނަށްވެސް ހަމަހަމަ އިންސާފުވެރި ޝަރީއަތެއް ލިބުން ކަމުގައި ޗެއާރޕާރސަން އަލީ ވަހީދު ވިދާޅުވެލައްވާފައިވެއެވެ.