ދިވެހި ވެރިކަން ގަނޑުވަރުކޮޅުން ހިންގުން

images (1)

އެމްޑީޕީގެ ނާއިބު ރައީސް މުޙައްމަދު ޝިފާޒް ވިދާޅުވެފައިވާ ގޮތުގައި ދިވެހިންގެ ތެރޭގައި ޒަމާނެއްގައި އޮތް ހުދުމުހުތާރު ވެރިކަން ވެއްޓި އެންމެ ނިކަމެތިންގެ ފަންތިން ފެށިގެން އެންމެ މަތީފަންތިއަށް ހަމަހަމަކަން ގާއިމްވީކަމަށް އުންމީދުކުރި ކުރުން ދިގުދެމިގެން ދިޔައީ ހަމައެކަނި އެންމެ 3 އަހަރެށެވެ. ރައްޔިތުން ހަރު މުދަލުގެ ގޮތުގައި ހުރި ބިންބިމާއި ގިރި ފަޅުތަކާއި ތަންތަން މިވަނީ އެއްކަލަ ހުދުމުހުތާރު ސަރުކާރުގެ އާ ޗެޕްޓަރުގެ ދަށުން ބޭރުގެ ފަރާތްތަކަށް ވިއްކާ ހުސްކުރަން ފަށާފައެވެ. އެމް.ޑީ.ޕީގެ ކުރު 3 އަހަރުގެ ވެރިކަމުގައި މިހާރުގެ ސަރުކާރުގެ ބޭފުޅުނަށް ކަމުނުދިޔަ ޓެކްސް ނެގުމާއި ޕްރައިވެޓް ޕާރޓްނާރޝިޕްގެ ސްކީމްތައް މިވަނީ އަދުގެ ސަރުކާރަށް ވަރަށްވެސް ކަމުގޮސްފައެވެ.
މިއަދު ރާއްޖޭގެ މިނިވަންކަންގެއްލިގެން ގޮސްދާނެތީ ކުރީގެ އިދިކޮޅު ފަރާތްތަކަށް މާކަބޮޑު ބިރެއްނެތެވެ.ހާއްސަގޮތެއްގައި ޗައިނާ ސަރުކާރަށް ދިވެހިރާއްޖޭގެ ގިރިތަކާއި ފަޅުތައް މިދަނީ ސިއްރުން އެތައް އަހަރަކައް ވިއްކަމުންނެވެ. އެމްޑީޕީގެ ތިން އަހަރުގެ ވެރިކަން ނިމިގެން ދިޔައިރު ޖީއެމްއާރު އާއިއެކު ވެވުނު އެއްބަސްވުން ވަނީ ދިވެހި ދައުލަތަޢް ނުހަނު ބޮޑު ގެއްލުން ވާގޮތައް ގަވައިދާ ހިލާފައް އުވާލާފައެވެ. އަދުގެ ވެރިން ވެރިކަން ކުރައްވަނީ ގަނޑުވަރުކޮޅުގައި ތިއްބަވައިގެންނެވެ.ރައްޔިތުން އުޅެމުންދާ ނިކަމެތި ހާލެއް އިގޭނެ ވެރިއެއް ސަރުކާރަކު ނެތެވެ.މޫންލައިޓްގައި ލިޔުއްވާފައިވާ ލިޔުއްވުން ނިމަވާލެއްވީ ވެރިކަމުގައި ތިއްބަވާ ވެރިންނަކީ ރައްޔިތުނަށް އޯގާވެރިކަމާއި އިހުސާންތެރިކަމާއި އެކު ހިދުމަތްކުރަން ތިބެންޖެހޭ ބައެއްކަމުގައި ސިފަކުރައްވަމުންނެވެ.