“ގާނޫނު އަސާސީގެ ހިމާޔަތުގައި” އެމްޑީޕީން ހިނގާލުމެއް ބާއްވައިފި

1656084_868805439853172_7051719861195430573_n

ގާނޫނު އަސާސީގެ ހިމާޔަތުގައި އެމްޑީޕީން މިއަދު މާލޭގެ ބޮޑެތި ބައެއް މަގުތަކުގައި ހިނގާލުމެއް ބާއްވައިފިއެވެ.އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ޕާޓީގެ ލީޑަ ޝިޕުން ބައިވެރިވި ހިނގާލުން ކުރިއަށް ގެންގޮސްފައިވަނީ އަމީނީ މަގާއި މަޖީދީ މަގާއި ބޮޑު ތަކުރުފާނު މަގުގައެވެ.ގާނޫނުއަސާސީގެ ބާރު ކަނޑުވާލަން ކުރެވޭ ކޮންމެ ކަމެއްގައި ރައްޔިތުންނާ އެކު މަގުމައްޗަށް ނުކުމެ އެމްޑީޕީން ވަކާލާތު ކުރާނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދުގެ ހިނގާލުމުގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވި އެވެ.

ހަވީރު 4:00 އިން ފެށިގެން 6:00 އަށް ކުރިއަށް ގެންދިޔަ ހިގާލުމުގައި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު އާއި ނައިބު ރައީސް މުހައްމަދު ޝިފާޒުގެ އިތުރުން ޕާޓީއަށް ނިސްބަތްވާ ބައެއް މަޖިލިސް މެމްބަރުން ވެސް ބައިވެރިވެވަޑައިގަތެވެ. އަދި މީގެކުރިން އެމްޑީޕީއާ ދެކޮޅަށް އިހުތިޖާޖު ކުރި ބައެއް ފަރާތްތައް ވެސް މިއަދުގެ ހިނގާލުމުގައި ބައިވެރިވެފައިވެއެވެ.