އިންޓާރނެޝަނަލް ފައުންޑޭޝަން ފޮ އިލެކްޓޯރަލް ސިސްޓަމްސްގެ ފަރާތުން އެމް.ޑީ.ޕީއާ ބައްދަލު ކުރައްވައިފި

IMG_5979

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ އަންހެނުންގެ ރޫހާއި އިންޓާރނެޝަނަލް ފައުންޑޭޝަން ފޮ އިލެކްޓޯރަލް ސިސްޓަމްސްގެ(IFAS) ފަރާތުން ބައްދަލު ކުރައްވައިފިއެވެ.މިބައްދަލު ކުރެއްވުމުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ އަންހެނުންގެ ރޫހުގެ ފަރާތުން ބައިވެރިވެލެއްވީ އަންހެނުންގެ ރޫހުގެ ރައީސާ ޝިފާ މުޙައްމަދު،ނާއިބު ރައީސާ ތާނީ ސައީދު،ޝަފިއްޔާ ޒުބެއިރު އަދި ޙަދީޖާ އަބޫބަކުރެވެ.މި ބައްދަލުވުން ކުރިޔައް ދިޔައީ އެމް.ޑީ.ޕީގެ މައި އޮފީހުގެ ކޮންފަރރެންސް ހޯލްގައެވެ.
އިންޓާރނެޝަނަލް ފައުންޑޭޝަން ފޮ އިލެކްޓޯރަލް ސިސްޓަމްސްގެ ފަރާތުން އަންހެނުންގެ ރޫހާއި މި ބައްދަލު ކުރެއްވީ އަންހެނުންގެ ލީޑާރޝިޕް އިތުރަށް ހަރުދަނާކޮށް ހިންގަން ބޭނުންވާ މައުލޫމާތު އެމް.ޑީ.ޕީގެ އަންހެނުންގެ ރޫހުގެ ފަރާތުން ހޯދުމުގެ ބޭނުމުގައެވެ.އަންނަ ފެބްރުއަރީ މަހުގެ ތެރޭގައި އިންޓާރނެޝަނަލް ފައުންޑޭޝަން ފޮ އިލެކްޓޯރަލް ސިސްޓަމްސްގެ ފަރާތުން ވިމެންސް ލީޑާރޝިޕް ވޯކްޝޮޕެއް ބޭއްވުމައް ވަނީ ހަމަޖެހިފައެވެ.މި ވޯކްޝޮޕްގައި ހިމެނުމަށް ބޭނުންވާ ޕްރޮގްރާމް ތަކާއި ބެހޭގޮތުންވެސް ވަނީ ދެފަރަތުން މަޝްވަރާކުރައްވާފައެވެ.