ރައީސުލްޖުމްހޫރިއްޔާ ޔާމިން ޢަބްދުލް ޤައްޔޫމްގެ އެންމެހާ ހަރަދުތައް، މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްޤުގެ ޤާނޫންގެ ދަށުން އޮޅުންފިލުއްވާ ދެއްވުމަކީ ރައްޔިތުންގެ ހައްޤެއް ކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ

180862_497885051850_35889281850_6712905_5988679_n-700x465

ދިވެހި ރާއްޖޭގެ ޤާނޫން އަސާސީގެ 29ވަނަ މާއްދާގައި ވާގޮތުން އުނގެނުމާއި،އުނގައްނައިދިނުމާއި،މައުލޫމާތު ހޯދުމާއި މައުލޫމާތު ދިނުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ.ރައީސް ނަޝީދު ވިދާޅުވެފައިވާގޮތުގައި ރައީސުލްޖުމަހޫރިއްޔާ ޔާމިން އަބްދުލް ގައްޔޫމްގެ އެންމެހާ ޙަރަދުތައް ދިވެހި ރައްޔިތުނައް އޮޅުންފިލުވައި ދިނުމަކީ ދިވެހިރާއްޖޭގެ ޤާނޫން އަސާސީން ދިވެހިނަށް ލިބިދީފައިވާ ހައްގެއްކަމެވެ.
ރައީސް ޔާމިންގެ ސިއްހީ ހާލުކޮޅާއިމެދު ތަފާތު ވާހަކަތައް ދެކެވެމުންދާ މިދަނޑިވަޅުގައި ރައީސް ޔާމިން ގެންދަވަނީ ގިނަ ދަތުރުފުޅުތަކެއް ސިންގަޕޫރަށް ކުރައްވަމުންނެވެ.އަދި އިއްޔެ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ވަނީ ރައީސް ޔާމިން، ރައީސްކަމުގެ މަޤާމާއި ހަވާލުވެވަޑައިގެންފަހުން ކުރެއްވި ދަތުރުފުޅުތަކުގެ މައުލޫމާތާއި އެދަތުރުފުޅުތަކައް ދިޔަ ޙަރަދު އޮޅުންފިލުއްވައި ދެއްވުމަށް އެދި ރައީސް އޮފީހަށް ސިޓީއެއް ފޮނުވާފައެވެ.