ޒުވާނުން ސިޔާސީ ދާއިރާއަށް އަހުލުވެރިކޮށް،ތަމްރީންދޭ ޕްރޮގްރާމެއް ފަށައިފި

10383655_845932432140473_8232935559429979950_n

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޒުވާނުންގެ ހިއްވަރުން އިސްނަގައިގެން ކޮންމެ ބުދަދުވަހެއްގެ ރޭގަނޑު 8ކުން 10ކަށް ސިލްސިލާކޮށް ޒުވާނުން ތަމްރީން ކުރާ ޕްރޮގްރާމްއެއް ފަށައިފިއެވެ.މި ހަރަކާތަކީ ޒުވާނުން ސިޔާސީ ކަންކަމަށް އަހުލުވެރިކުރުވާ،ވާހަކަ ދެއްކުންތެރިކަމާއި،ބަހުސް ކުރުންފަދަ ހުނަރުތަކަށް ޒުވާނުން އިތުރަށް ޝައުގުވެރިކުރުވާ އިލްމީ އަދި ސިޔާސީ ވެއްޓެއް އުފެއްދުމުގެ މަޤްސަދުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޒުވާނުންގެ ހިއްވަރުން ކުރިޔަށްގެންދާ ޕްރޮގްރާމް އެކެވެ.
މި ތަމްރީން ޕޮރޮގްރާމްގެ ސަބަބުން ހަލުވިކަމާއިއެކު ބަދަލުވަމުން މިދާ ސިޔާސީ ވެށީގައި ޒުވާނުން ކަންކަމަށް ލޯހުޅުވި ޤައުމާއިމެދު ފިކުރުކުރާ ކުޅަދާނަ ދޫ ހެލޭ ޒުވާނުންތަކެއް އުފެދިގެންދާނެއެވެ.