ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ހުރިހާ ދާއިރާތަކުގެ މުދަލާއި ތަކެޓީގެ އިންވެންޓްރީއެއް ހަދަނީ

ދިވެހިރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ހުރިހާ ދާއިރާތަކެއްގެ އެންމެހާ މުދަލާއި ތަކެތީގެ އިންވެނޓްރީއެއް ތައްޔާރުކުރަން ޕާޓީގެ އެކިއެކި ގުނަންތަކާއި ދާއިރާތަކުން މަސައްކަތް ފަށައިފިއެވެ.މިއަދުގެ ވަގުތެއްގައި އެމްޑީ.ޕީގެ ޤައުމީ ސެކްރެޓޭރިއަޓުން ޕާޓީގެ ޗެއާރޕާރސަންގެ އިސްނެންގެވުމަށް ހުރިހާ ދާއިރާތަކެއްގެ ރައީސުނަށްވަނީ ސިޓީއެއް މެދުވެރިކޮށް މިފެށޭ 2015ވަނަ އަހަރުގެ ޖަނަވަރީ 15ވަނަ ދުވަހުގެ ރަސްމީގަނޑި ނިމުމުގެ ކުރިން އެ ދާއިރާއެއްގެ އެމް.ޑީ.ޕީގެ އެންމެހާ މުދަލާއި ތަކެތީގެ އިންވެންޓްރީއެއް ހުށަހެޅުމަށް އެދިދަންނަވާފައެވެ.
ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް ޕާޓީތަކުން އެ ޕާޓީއެއްގެ މުދަލާއި ތަކެތީގެ ހިސާބު ކިތާބު ބަލަހައްޓައެވެ.ޕާޓީގެ މުދަލާއި ތަކެތީގެ އަގުމަގުކޮށް ހެދުމުގެ އެންމެ ބޮޑު ބޭނުމަކީ ދާއިރާތަކުގެ މެދުގައި ޕާޓީގެ ވަސީލަތްތައް ބެހިފައިވާ ގޮތް ދެނެގަތުމާއި ހަމަހަމަ ކަމާއިއެކު ވަސީލަތްތައް ޕާޓީގެ ދާއިރާތަކަށް ފޯރުކޮށްދިނުމެވެ.