އަލުން ތާޒާކޮށް އެކުލަވާލެވުނު އެމް.ޑީ.ޕީ ގެ ކޮމެޓީތަކުގެ މުޤައްރިރުން ހޮވައި، އަދި ޗެއަރޕާރސަން އެ ކޮމެޓީތަކާ ވަކިވަކިން ބައްދަލުކުރައްވައިފި

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ(އެމް.ޑީ.ޕީ)ގެ އަސާސީ ޤަވާޢިދުގައި ބުނާ ކޮމެޓީތައް އަލުން ތާޒާކޮށް އެކުލަވާލުމަށްފަހު އެ ހުރިހާ ކޮމެޓީތަކުގެ މުޤައްރިރުންނާއި، ނައިބު މުޤައްރިރުން އައްޔަނު ކުރެވި، އަދި އެމް.ޑީ.ޕީ ގެ ޗެއަރޕާސަން ޢަލީ ވަޙީދާއި ލީޑަރޝިޕުން އެ ކޮމެޓީތަކާ 5 ނޮވެމްބަރ 2014 ވީ ބުދަދުވަހު ވަކިވަކިން ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުންތަކުގެ ބޭނުމަކީ އަލުން ތާޒާކޮށް އެކުލަވާލެވުނު ކޮމިޓީތަކުގެ މެމްބަރުންނަށް ތަޢާރަފުވެލެއްވުމާއި، ކޮމެޓީތަކުގެ މަސައްކަތްތަކާއި ޒިންމާތަކުގެ މުޙިއްމުކަން ފާހަގަކޮށްދެއްވުމެވެ.

ބުދަދުވަހުގެ ހެނދުނު 9:30 އިން ފެށިގެން ރޭގަނޑު 10:30 އާ ހަމައަށް ކުރިޔަށް ގެންދެވި މި ބައްދަލުވުންތަކުގައި، ތިރީގައި ބަޔާންކޮށްފައިވާ ހުރިހާ ކޮމެޓީތަކާ، ލީޑަރޝިޕުން ވަނީ ބައްދަލުކުރައްވައިފައެވެ.

1. އިންތިޚާބާއިބެހޭ ކޮމިޓީ
2. ހޯދުންތަކާއި ސިޔާސަތު އެކުލަވާލުމާއިބެހޭ ކޮމެޓީ
3. ސިއްޙަތާއި ވެލްފެއާރ އާ ކޮމެޓީ
4. ދަތުރުފަތުރާއިބެހޭ ކޮމެޓީ
5. ގެދޮރާއިބެހޭ ކޮމެޓީ
6. ބައިނަލްއަޤުވާމީ ގުޅުންތަކާއިބެހޭ ކޮމެޓީ
7. އިޤްތިޞާދީ ކަންކަމާއިބެހޭ ކޮމެޓީ
8. ސަލާމަތާއިބެހޭ ކޮމެޓީ
9. އިންތިޒާމްކުރުމާއިބެހޭ ކޮމެޓީ
10. މަސްވެރިކަމާއި ދަނޑުވެރިކަމާއި ޤުދުރަތީ ވަސީލަތްތަކާ ބެހޭ ކޮމެޓީ
11. މެމްބަރޝިޕާއި ކެމްޕޭން ކޮމެޓީ
12. ޤާނޫނީކަންކަމާ ބެހޭ ކޮމެޓީ
13. މަސައްކަތާއި އިޖްތިމާޢީ ޚިދުމަތްތަކާއިބެހޭ ކޮމެޓީ
14. މީޑިއާ ކޮމެޓީ
15. ތަޢުލީމާއިބެހޭ ކޮމެޓީ
16. މާލިއްޔަތާއި ޗަންދާ ކޮމެޓީ
17. ޙައްޤު ކޮމެޓީ
18. ފިޔަވަޅު އަޅާ ކޮމެޓީ
19. އިސްތިޢުނާފުގެ ފަނޑިޔާރު މަޖިލިސް

6 ނޮވެމްބަރ 2014