ޑރ.މުނައްވަރު ށ. އަތޮޅަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅު ފައްޓަވައިފި

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދަށް ތާއީދު އިތުރަށް ހޯދުމުގެ ކެމްޕެއިންގައި ޑރ. މުޙައްމަދު މުނައްވަރު ށ. އަތޮޅުގެ ބައެއް ރަށަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅެއް ފައްޓަވައިފިއެވެ.

ޑރ. މުނައްވަރު ށ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި އެ އިތޮޅުގެ ފޮނަދޫ، މާއުނގޫދޫ އަދި ގޮއިދޫއަށް ޒިޔާރަތްކުރައްވާނެއެވެ. އަދި މިދަތުރުފުޅުގައި އެމަނިކުފާނާއިއެކު ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދަޢިރާގެ މެމްބަރ ޙުސެއިން ވަޙިދާއި ރައީސް ނަޝީދު ސަރުކާރުން ޔޫއޭއީއަށް ކަޑައެޅުއްވި ކުރީގެ އެމްބެސެޑަރ އަޙްމަދު ރަޝީދު ބައިވެރިވެވަޑައިގަންނަވައެވެ.