“ވޯޓުން އުފާވެރިކަން” ކެމްޕެއިން އިފްތިތާޙް ކުރުން 23 ސަރަހައްދުގައި މާދަމާ އޮންނާނެ

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު، މާދަމާ (2 ނޮވެމްބަރ 2013 – ހޮނިހިރު) ހަވީރު4 ޖަހާއިރު ހދ. ކުޅުދުއްފުށީގައި “ވޯޓުން އުފާވެރިކަން” ކެމްޕެއިން އިފްތިތާޙްކުރެއްވުން ކުރިޔަށް ގެންދަވާގޮތަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އިތުރު 22 ސަރަހައްދެއްގައި މި ކެމްޕެއިން އިފްތިތާޙްކުރުން ކުރިއަށްދާނެއެވެ. އަދި މި 22 ސަރަހައްދުގައި މި ކެމްޕެއިން އިފްތިތާޙްކޮށްދެއްވާނީ އެމްޑީޕީ އަދި ޑީއާރޕީގެ މަޖިލިސް މެމްބަރުންނެވެ.

މާދަމާ މި ކެމްޕެއިން އިފްތިތާޙްކުރުމަށް ކަނޑައަޅާފައިވާ ސަރަޙައްދުތަކަކީ: ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި، ށ. ކޮމަންޑޫ، ނ. މަނަދޫ، ރ. އިންނަމާދޫ، ބ. އޭދަފުށި، ޅ. ހިންނަވަރު، ކ. މާފުށި، އއ. ފެރިދޫ، އދ. މަހިބަދޫ، ވ. ކެޔޮދޫ، މ. މުލައް، ފ. ފީއަލި، ދ. ބަނޑިދޫ، ތ. ކިނބިދޫ، ލ. ގަން، ގއ. ވިލިނގިލި، ގދ. ތިނަދޫ، ޏ. ފުވައްމުލައް، އައްޑޫސިޓީ. ފޭދު، މާލެސިޓީ، އިންޑިއާގެ ޓްރިވެންޑްރަމް އަދި މެލޭޝިޔާގައެވެ.

މިގޮތުން ހދ. ކުޅުދުއްފުށިގައި “ވޯޓުން އުފާވެރިކަން” ކެމްޕެއިން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދު އިފްތިތާޙް ކޮށްދެއްވުމާއެކު އަނެއް 22 ސަރަހައްދުގައި މި ކެމްޕެއިން އިފްތިތާޙް ކޮށްދެއްވާނީ
،
ހއ. ދިއްދޫގައި، ބާރަށު ދާއިރާގެ މަޖްލިސް މެމްބަރ މުޙައްމަދު ޝިފާޒު
ށ. ކޮމަންޑޫގައި، މިލަންދޫ ދާއިރާގެ މަޖްލިސް މެމްބަރ ޢަލީ ރިޒާ
ނ. މަނަދޫގައި، ތިނަދޫ ދާއިރާގެ މަޖްލިސް މެމްބަރ މުޙައްމަދު ޤަސަމް
ރ. އިންނަމާދޫގައި، މައްޗަންގޮޅި އުތުރު ދާއިރާގެ މަޖްލިސް މެމްބަރ އަލްއުސްތާޛާ މާރިއާ ދީދީ
ބ. އޭދަފުށިގައި، ހިތަދޫ މެދު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުޙައްމަދު ރަޝީދު )މެޓްރިކްސް މޯޑު(
ޅ. ހިންނަވަރުގައި، ހިތަދޫ އުތުރު ދާއިރާގެ މަޖްލިސް މެމްބަރ މުޙައްމަދު އަސްލަމް
ކ. މާފުށީގައި، ތޮއްޑޫ ދާއިރާގެ މަޖްލިސް މެމްބަރ ޢަލީ ވަޙީދު.
އއ. ފެރިދޫގައި، މަޑަވެލިދާއިރާގެ މަޖްލިސް މެމްބަރ މުޙައްމަދު ނާޒިމް
އދ. މަހިބަދޫގައި، ހުޅުމީދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިލްޔާސް ލަބީބު އަދި މަހިބަދޫ ދާއިރާގެ މަޖްލިސް މެމްބަރ ރުޤިއްޔާ މުޙައްމަދު
ވ. ކެޔޮދޫގައި، ވެލިދޫ ދާއިރާގެ މަޖްލިސް މެމްބަރ ޢަލީ މުޙައްމަދު (އަލިބެ)
މ. މުލަކުގައި، މާފަންދު ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)،
ފ. ފީއަލީގައި، މާފަންނުހުޅަނގު ދާއިރާގެ މަޖްލިސް މެމްބަރ އަބްދﷲ އަބްދުލްރަޙީމް
ދ. ބަނޑިދޫގައި، މަނަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުޙައްމަދު ޠޯރިޤް،
ތ. ކިނބިދޫގައި، މާފަންނު އުތުރު ދާއިރާގެ މަޖްލިސް މެމްބަރ އަލްއުސްތާޛް އިމްތިޔާޒް ފަޙްމީ
ލ. ގަމުގައި، ހޯރަފުށި ދާއިރާގެ މަޖްލިސް މެމްބަރ އަޙްމަދު ރަޝީދު
ގއ. ވިނލިގިލީގައި، މައްޗަންގޮޅި ދެކުނު ދާއިރާގެ މަޖްލިސް މެމްބަރ މުޙައްމަދު ރަޝީދު (ކުބޭ)
ގދ. ތިނަދޫގައި، އިހަވަންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަޙްމަދު ޢަބްދުﷲ
ޏ. ފުވައްމުލަކުގައި، ތުލުސްދޫ ދާއިރާގެ މަޖްލިސް މެމްބަރ ރޮޒެއިނާ އާދަމް
އައްޑޫ ސިޓީގެ ފޭދޫގައި، މަޑުއްވަރީ ދާއިރާގެ މަޖްލިސް މެމްބަރ ވިސާމް ޢަލީ އަދި ދާންދޫ ދާއިރާގެ މަޖްލިސް މެމްބަރ މުޙައްމަދު ރިޔާޒް
މާލޭ ސިޓީގައި: ރައީސް ނަޝީދުގެ ރަނިންގެމޭޓް ޑރ. މުސްތޮފާ ލުތުފީ
ޓްރިވެންޑްރަމްގައި (ހޮޓެލް ރޫބީ އެރީނާ ކޮންފަރަންސް ހޯލް)ގައި، ކެޔޮދޫ ރައްޔިތުންގެ މަޖްލިސްގެ ރައީސް އަބްދިﷲ ޝާހިދު އަދި
މެލޭޝިޔާގައި (ޕިކާޑިލީ ހޯލް، ޕެޓަލަންގް، ޖާޔާ)ގައި، ދިއްދޫ ދާއިރާގެ މަޖްލިސް މެމްބަރ އަޙްމަދު ސަމީރު

“ވޯޓުން އުފާވެރިކަން” އެމްޑީޕީގެ ކެމްޕެއިން އިފްތިތާޙް ކުރުން މާދަމާ ބާއްވާ ރަށްތަކަށް އެމްޑީޕީއިން ކަނޑައަޅާފައިވާ ކޯޑިނޭޓަރުންނަކީ:
ހއ. ދިއްދޫ/ ހދ. ކުޅުދުއްފުށި: ރައީސް ނަޝީދު ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރ ޝިފާ މުޙައްމަދު،
ށ. ކޮމަންޑޫ / ރ. އިންނަމާދޫ/ ލ. ގަން: މައްޗަންގޮޅި އުތުރު ދާއިރާގެ މަޖްލިސް މެމްބަރ އަލްއުސްތަޛާ މާރިއާ އަޙްމަދް ދީދީ،
ނ. މަނަދޫ/ ބ. އޭދަފުށި / ޅ. ހިންނަވަރު: ރައީސް ނަޝިދު ސަރުކާރުގެ ފޮރިން މިނިސްޓަރ އަޙްމަދް ނަސީމް
ކ. މާފުށި: ޕްރޮވިންސް ރައީސް އިރްފާން ޒަކީ،
އއ. ފެރިދޫ / އދ. މަހިބަދޫ / ވ. ކެޔޮދޫ: މުޙައްމަދު ޝަފީޤް (ޝަފީގުގެ)،
މ. މުލި / ފ. ފީއަލި/ ދ. ބަނޑިދޫ: ރައީސް ނަޝީދު ސަރުކާރުގެ ފިނޭންސް މިނިސްޓަރ މުޙައްމަދު ޝިޙާބް،
ތ. ކިނބިދޫ: އެމްޑީޕީ ސަރުކާރުގެ މިނިސްޓަރ މުޙައްމަދު އަސްލަމް އަދި މުޙައްމަދު ޝަރީފު )ސެންކޯ(،
ގއ. ވިލިނގިލި/ ގދ ތިނަދޫ: ރައީސް ނަޝީދު ސަރުކާރުގެ ހެލްތް މިނިސްޓަރ ޑރ. އައިމިނަތު ޖަމީލް،
ޏ. ފުއައްމުލަކު: ރައީސް ނަޝީދު ސަރުކާރުގެ ޑިފެންސް އެޑްވައިޒަރ އަމީން ފައިޞަލް،
އައްޑޫ ސިޓީގެ ހުޅުމީދޫ: އަޙްމަދު ޝާޙިދު (ޑީބީ
މާލެ ސިޓީ: މާލެ ސިޓީގެ ރައީސް މުޙައްމަދު ރަޝީދު (ބިގޭ)އެވެ.
ޓްރިވެންޑްރަމް އަދި މެލޭޝިޔާގައި؛ މަރިޔަމް ސީނާއެވެ.

“ވޯޓުން އުފާވެރިކަން” ކެމްޕެއިނ އިފްތިތާޙް ކުރާ ޙަފްލާއަށް އަތޮޅުތަކުގެ އެންމެހާ ރައްޔިތުންނަށް އެރައްޔިތަކު ދިރިއުޅޭ އަތޮޅުގެ މި ކެމްޕެއިން އިފްތިތާޙް ކުރާ ރަށުގަ ބާއްވާ ޙަފްލާއަށް ރައީސް މުޙައްމަދު ނަޝީދު ވަނީ ދަޢުވަތު އަރުވާފައެވެ.