ރައީސުލްޖުމްހޫރިއްޔާ 4 ކައުންސިލަރަކު ޢައްޔަން ކުރައްވައިފި

14 ސެޕްޓެމްބަރ 2010

މަތި ދެކުނު ޕްރޮވިންސް އޮފީހުގެ ކައުންސިލަރގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ދެބޭފުޅަކު ޢައްޔަން ކުރައްވައިފިއެވެ. މިމަގާމަށް ޢައްޔަން ކުރެއްވި ދެބޭފުޅުންނަކީ، ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ އޭޝިއާ އިލްހާމް ރަޝީދާއި، މާލޭ މުނިސިޕަލްޓީގެ ޚާއްޞަ ދަފްތަރު 3869 ޙުސައިން ޢަބްދުﷲ އެވެ. މީގެއިތުރުން، ފާދިއްޕޮޅު ކައުންސިލަރގެ މަގާމަށް ފާދިއްޕޮޅު ނައިފަރު ނިކަގަސްދޮށުގޭ ޤާސިމް ޢަބްދުލްކަރީމް އަދި ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލަރގެ މަގާމަށް ފިޔޯރީ އީޒީރެސްޓް ޢާއިޝަތު ލީނާ ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.