އެޗްއާރުސީއެމް އަށް އައްޔަން ކުރުމަށް އިތުރު 2 މެންބަރެއްގެ ނަން ފާސްކޮށްފި

30 އޯގަސްޓް 2010

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2010 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 35 ވަނަ ޖަލްސާގައި، ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުން ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ ނަންފުޅުތައް ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓް މަޖިލީހަށް ހުށަހެޅުއްވުމަށްފަހު އެރިޕޯޓަށް ބަހުސްކުރައްވައި، އެ ރިޕޯޓްގައިވާ 5 ނަންފުޅުގެ ތެރެއިން ހިޔުމަން ރައިޓްސް ކޮމިޝަނަށް ޢައްޔަންކުރެއްވުމަށް މަޖިލީހަށް ފެންނަކަމަށް 2 ނަންފުޅެއް އިއްޔެގެ ޖަލްސާގައި ފާސްކޮށްފިއެވެ.
ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުކަމަށް ޢައްޔަންކުރެއްވުމަށް މަޖިލީހުން މިއަދު ފާސްކުރައްވައިފައިވާ 2 ނަންފުޅަކީ، އަލްފާޟިލް އަޙްމަދު ޢަބްދުލްކަރީމް ، ދަފްތަރު 1969 އަދި ޑރ. ޢަލީ ޝަމީމް ، ހ. މެރިންވިއުއެވެ.