ޕީޕީއެމްއަށް ނިސަބަތްވާ މީހެއްކަމުގައިވާ ބިއްލޫރި މޫސަ އަތްއިސްކޮށް އެމްޑީޕީގެ އަންހެން އެކްޓިވިސްޓެއްކަމުގައިވާ ފާތިމާ މަނިކެ (ހުޅުހެންވޭރު ހަލަވެލިމާގެ) ގައިގަ ޖަހާ މާރާމާރީ ހިންގާފައިވާތީ އޭނާގެ އެ އަމަލު އެމްޑީޕީއިން އެންމެ ހަރުއަޑުން ކުއްވެރިކުރަން

noosbayan

އިއްޔެ(14 ސެޕްޓެމްބަރ 2013) ކުޑަހެންވޭރު ސަރަހައްދުގައި ހިނގި ސިޔާސީ ވާދަވެރިކަމުގެ ޒުވާބެއްގެ ތެރޭގައި ޕީޕީއެމްއަށް ނިސަބަތްވާ މީހެއްކަމުގައިވާ މަޝްހޫރު ނަމުންނަމަ ބިއްލޫރި މޫސަ އަތްއިސްކޮށް އެމްޑީޕީގެ އަންހެން އެކްޓިވިސްޓެއްކަމުގައިވާ ފާތިމާ މަނިކެ (ހުޅުހެންވޭރު ހަލަވެލިމާގެ) ގައިގަ ޖަހާ މާރާމާރީ ހިންގާފައިވާތީ އޭނާގެ އެ އަމަލު އެމްޑީޕީއިން އެންމެ ހަރުއަޑުން ކުއްވެރިކުރަމެވެ.

އަދި އަންހެން ކަނބަލެއްގެ މައްޗަށް އަތް އިސްކޮށް ފިރހެނަކު އެގޮތަށް މާރާމާރީ ހިންގުމަކީ ވަރަށް ލާއިންސާނީ، ނާތަހުޒީބު ދަށުދަރަޖައިގެ އަމަލެއްކަމުގައި މި ޕާޓީއިން ދެކެމެވެ. މި އަމަލު ހިންގިކަމަށް ތުހުމަތު ކުރެވޭ ބިއްލޫރި މޫސަ ފުލުހުންގެ އިދާރާއަށް ގެންދެވިފައިވާއިރު އެމައްސަލަ އަވަހަށް ތަޙުގީގުކޮށް ޝަރިއްއަތަށް ފޮނުވައި އޭނާއަށް ހައްޤު އަދަބު ދިނުމަށާއި އެފަދަ އަނިޔާވެރި ފިރިހެނެއްގެ ކިބައިން އަންހެން ކަނބަލުން ރައްކާތެރިވެގެންވާކަން ކަށަވަރު ކޮށްދިނުމަށް ކަމާއިބެހޭ އެންމެހާ ފަރާތްތަކަށް މިޕާޓީއިން ގޮވާލަމެވެ.

15 ސެޕްޓެމްބަރ 2013
ބަޔާން ނެރުނީ: އެމްޑީޕީ ސެކެރެޓޭރިއަޓް