ރަނިންމޭޓް ޑރ.މުސްތަފާ ލުތުފީ ބ.އަތޮޅާއި ރ.އަތޮޅަށް ކުރައްވާ “ނެތޭ ވެވޭކަށް ބާޣީއަކަށް” ކެމްޕެއިން ދަތުރުފުޅު އިއްޔެއިން ފެށިގެން ކުރިއަށް

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް މުޙައްމަދު ނަޝީދުގެ ރަނިންމޭޓް ޑރ.މުސްތަފާ ލުތުފީ ބ.އަތޮޅާއި ރ.އަތޮޅަށް ކުރައްވާ “ނެތޭ ވެވޭކަށް ބާޣީއަކަށް” ކެމްޕެއިން ދަތުރުފުޅުގައި ރޭ (31އޯގަސްޓް 2013) ރ.މަޑުއްވަރިން ފެއްޓެވި މިދަތުރުފުޅުގައި މި ދެ އަތޮޅުގެ ތިން ރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އަންހެނުންގެ ރޫހުގެ މެންބަރުންނާއި އެކު ކުރައްވާ މިދަތުރުފުޅު ނިންމަވާލެއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ބ.ތުޅާދޫއިންނެވެ.

މިއަދު (1 ސެޕްޓެމްބަރ 2013) ހެނދުނު ރ.މަޑުއްވަރީގައި މަޑުކުރެއްވުމަށްފަހު މެންދުރު ނަމާދަށްފަހު އެއަތޮޅު މީދޫއަށް އެމަނިކުފާނު ވަޑައިގަންނަވައިފިއެވެ. މިދަތުރުފުޅުގައި ދޮރުން ދޮރަށް ހިންގަވައި ރައްޔިތުންނަށް ޕާޓީގެ މެނިފެސްޓޯ އޮޅުންފިލުވައިދެއްވުމަށް ހަމަޖެހިފައިވާއިރު ރައްޔިތުންނަށް ބޭނުންވާ ކަންތައްތަކާއި ދަތިވެފައިވާ ކަންތައްތައްވެސް ހޯއްދަވައި ދެނެވަޑައިގަތުމަށް ދޮރުން ދޮރަށް ހިންގަވާނެއެވެ. މީގެ އިތުރުން މީދޫ މަދަރުސާޔަށް ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވާއިރު ރަށްތަކުގެ ކެމްޕެއިން ޓީމުތަކާ ބައްދަލުކުރައްވާ ކެމްޕެއިން ހަރަކާތްތައް ހިނގާގޮތުގެ މަޝްވަރާ ބަދަލުކުރައްވާނެއެވެ.

ރަނިންމޭޓު ޑރ. މުސްތޮފާ ލުތުފީގެ 2 ދުވަހުގެ މި ދަތުރުފުޅު ނިންމަވާލައްވާނީ ބ.ތުޅާދޫއަށް ޒިޔާރަތްކުރައްވާފައެވެ.