“ކުރިއަށް ކުރިއަށް ކުރިއަށް” އެމްޑީޕިގެ އެއްބުރުން ބޮޑު ދޮރުން ދޮރަށް ހިނގުން މާދަމާވެސް ކުރިޔަށް

“ކުރިއަށް ކުރިއަށް ކުރިއަށް” އެމްޑީޕިގެ އެއްބުރުން ބޮޑު ދޮރުން ދޮރަށް ހިނގުން މިރޭ (31 އޯގަސްޓް 2013) 10 ޖެހިއިރަށް ނިންމި ނަމަވެސް މާދަމާވެސް މި ހަރަކާތް ކުރިޔަށް ދާނެއެވެ.

މާދަމާ 1 ސެޕްޓެމްބަރ 2013 އާދިއްތަ ދުވަހު ހެނދުނު 10 ފެށިގެން “ކުރިއަށް ކުރިއަށް ކުރިއަށް” އެމްޑީޕިގެ އެއްބުރުން ބޮޑު ދޮރުން ދޮރަށް ހިނގުން ފަށާ މިއަދު ނުނިމި ހުރި ގެތަކަށް މާދަމާ ޒިޔާރަތް ކުރުމަށް ވަނީ ނިންމާފައެވެ. އަދި މީގެ އިތުރުން މާދަމާ ދޮރުން ދޮރަށް ހިނގުމުގައި ރައީސް ނަޝީދު ސޮއިކުރައްވާފައިވާ ސިޓީފުޅު ގޭގެއަށް/އެޑްރެސްކުރެވިފައިވާ ފަރާތްތަކަށް ރައްދު ކުރުންވެސް ކުރިޔަށްދާނެއެވެ.