ކުއްލި ޚަބަރު: ޖުޑީޝަލް ސަރވިސް ކޮމިޝަންގެ އޮފީސް ބަންދުކޮށްފި

ފުލުހުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ އޮފީސް ބަންދުކޮށް، އެއޮފީހުގައި މަސައްކަތް ކުރަމުން ދިޔަ މުޥައްޒަފުންނަށް ބޭރަށް ނިނުކުމެވޭ ގޮތަށް އަދި އިތުރު މުވައްޒަފުންނަށް އެތެރެއަށް ނުވަދެވޭގޮތަށް އެ އޮފީސް މުޅިން ބަންދުކޮށްފިއެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ 6 ބޭފުޅަކު ، އެކޮމިޝަނުގެ ރައީސް މުޖުތާޒް ފަހުމީ ގެ ބެއްލެވުމުގެ ދަށުން ރޭގެ ވަރަށް ދަންގަޑިއެއްގައި ހުރިހާ މުޥައްޒަފުން ގެންނަވައިގެން މިއަދު މެންދުރު ވާންވާއިރަށް ފަތްކޮޅު ތައްޔާރުކުރަން އުޅުއްވީ ކަމަށް އެކިމަޝަނަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައި ހުންނަވާ މެންބަރު ޢައިޝަތު ވެލެޒިނީ ވިދާޅުވިއެވެ.
މިފަތްކޮޅުތައް ތައްޔާރުކޮށް ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވަން ތައްޔާރުވުމުގެ ކަންތައް މިހާ އަވަސްކޮށްގެން މިއުޅެނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުޥައްސަސާތަކާ ބެހޭ ކޮމިޓީ އަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ބޭފުޅުން މިއަދު ހާޒިރުކުރަން ހަމަޖެހިފައިވަނިކޮށެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަނުން ގެންދަނީ ޤާނޫނާއި ޚިލާފަށް ފަނޑިޔާރުން އުމުރަށް ދާއިމީކުރުމުގެ މަސައްކަތް ކުރަމުންނެވެ.
މިކަމާއި ގުޅޭ އެންމެ ފަހުގެ ޚަބަރުތައް ބުނާގޮތުގައި ޖޭއެސްސީގެ ރައީސް މުޖްތާޒު ފަހުމީ އާއި އެކޮމިޝަންގެ އެހެން މެންބަރުން ރައީސް އޮފީހުގެ އެންގެވުމަކަށް މިހާރުވަނީ ރައީސް އޮފީހަށް ވަޑައިގެންފައެވެ.

އިތުރު ތަފްސީލް އަންނަނީ ….