އެމްޑީޕީގެ ޗެއަރޕާސަނާއި ޕާޓީގެ “ޒުވަނުންގެ ހިތްވަރު”ގެ ޓީމު”އެއްބުރުން” ކެމްޕެއިން ދަތުރުތަކެއް ރާއްޖޭގެ އުތުރުގެ ބައެއް ރަށްތަކަށް ފަށައިފި

BOl3A6RCcAAern6.jpg_large

BOoMAPCCIAAJfuq.jpg_large

ލިޔުނީ: ޝަހީދާ

އެމްޑީޕީގެ ޗެއަރޕާސަން މޫސާ މަނިކާއި ޕާޓީގެ “ޒުވަނުންގެ ހިތްވަރު”ގެ ޓީމު”އެއްބުރުން” ކެމްޕެއިން ދަތުރުތަކެއް ރާއްޖޭގެ އުތުރުގެ ބައެއް ރަށްތަކަށް ފަށައިފިއެވެ.

މިއަދު ހެނދުނު ހދ. ކުޅުދުއްފުށިން ފެށި މި ކެމްޕެއިން ދަތުރުގައި ކެމްޕެއިން ހަރަކާތް ފުރަތަމަ ކުޅުދުފުށިގައި ކުރިޔަށް ގެންދާގޮތަށް ވަނީ ހަމަޖެފައިކަމަށް ޗެއަރޕާސަން މައުލޫމާތު ދެއްވިއެވެ. މިގޮތުން ކުޅުދުފީށީގައި ކެމްޕެއިން ފޯރީގަދަކުރުމަށް މަސައްކަތްތައް ފައްޓާ ޒުވާނުންގެ ބައިވެރިވުން އިތުރު ކުރުމަށް 3 ދުވަހުގެ ޙާއްސަ ހަރަކާތްތަކެއް “ޒުވާނުންގެ ހިތްވަރު”ން ކުރިޔަށް ގެންދާނެކަމަށް މައުލޫމާތު ދެއްވިއެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑީޑޭޓް ރައީސް ނަޝީދަށް ވޯޓް ހޯދުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން މިއަދު ފެށުނު މި ކެމްޕެއިން ދަތުރުގައި ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށާއި، އެމްޑީޕީގެ ސިޔާސަތުތަކާއި، ހަރަކާތްތައް ހިނގަމުންދާ ގޮތާއި ބެހޭ މައުލޫމާތު ހިއްސާކުރުމާށާއި، މިހާތަނަށް ޕާޓީއިން ހާމަ ކޮށްފައިވާ ސިޔާސަތުތަކުން ހާއްސަކޮށް ޒުވާނުންނަށް ފައިދާ ކުރުވަނިވި ސިޔާސަތުތަކުގެ މައުލޫމާތު އިތުރަށް އޮޅުންފިލުވައިދީނުމަށާއި، ރަށުގެ ތަރއްޤީގައި ޒުވާނުން ޝާމިލު ކުރެވިދާނެ ކަންކަން ބެލުމަށް މަޝްވަރާ ބައްދަލުވުންތައް ބާއްވާ ކެމްޕެއިންގައި ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް ޒުވާނުން ބާރުވެރިކުރުމަށް އިތުރު މަސައްކަތްތަކެއް މި ދަތުރުގައި ކުރިޔަށް ގެންދާގޮތަށް ވަނީ ހަމަޖެހިފައިކަމަށް ދަތުރުގެ ބައިވެރިވަޑައިގެން އުޅުއްވާ “ޒުވާނުންގެ ހިތްވަރު”ގެ ރައީސާ އައިމިނަތު ޝައުނާ ވިދާޅުވިއެވެ.

މިއަދު ފެށުނު މި ކެމްޕެއިން ދަތުރުގައި ރައީސް ނަޝީދުގެ ކެންޕެއިން އޭޖެންޓުނާއެކު މަޝްވަރާ ބައްދަލުވުންތައް ބާއްވާ ކެމްޕެއިން މަސައްކަތްތައް އިތުރަށް ހަރުދާނާ ކުރުމަށް ކުރެވިދާނެ މަސައްކަތާއި ބެހޭގޮތުން ޚިޔާލު ބަދަލު ކޮށް މަޝްވަރާ ބައްދަލުވުންތައް ބާއްވާނެކަމަށާއި، އެމްޑީޕީގެ ސިޔާސަތުތައް އޮޅުން ފިލުވައި ދިނުމަށް ތަފާތު މަސައްކަތްތަކެއް ކުރެވެމުން ދާނެކަމަށާއި އަދި ކެންޕޭނު ޓީމުން މިރަށުގެ ރައްޔިތުންނާއި ވަކިވަކިން ބައްދަލުކޮށް އެމްޑީޕީގެ ސިޔާސަތު ތަކާބެހޭ މައުލޫމާތު ފޯރުކޮށްދެމުންދާނެ ކަމަށް ޗެއަރޕާސަން މައުލޫމާތު ދެއްވިއެވެ. އަދި މީގެ އިތުރުން ކަންމަތީ ބައްދަލުވުންތައް ބާއްވާ ރަށުގެ ހުރިހާ އުމުރު ފަރަޔަކުން ވީހާވެސް ގިނަ ބަޔަކަށް ބައިވެރިވެވޭ ހަރަކާތްތައް އިތުރުކުރާނެ ކަމަށް މައުލޫމާތު ދެއްވިއެވެ.