ރައީސް ނަޝީދު މާދަމާ ހުޅުމާލޭގައި ދޮރުން ދޮރަށް -ވަޢުދާ ހިންގަވާނެ

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ )އެމްޑީޕީ(ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު މާދަމާ )16ޖޫން 2013-އާދިއްތަ( ހުޅުމާލޭގައި ދޮރުން ދޮރަށް – ވަޢުދާ ހިންގަވާނެއެވެ.

ރައްޔިތުންގެ އިހްސާސްތައް ދެނެގަތުމަށާއި، ރައްޔިތުންގެ އަޑު ގާތުން އެހުމަށް އެމްޑީޕީއިން ކުރަމުންދާ މަސައްކަތުގައި މާދަމާ ހުޅުމާލޭގައި ދޮރުން ދޮރަށް ހިނގަން ފެށޭނީ ހެނދުނު 930 ގައި ހުޅުމާލޭ ރިވަރ ކެފޭ ކައިރީގައި ހުންނަ އެމްޑީޕީގެ ހަރުގެއިންނެވެ.